ދިރާގުން 10،000 ރުފިޔާގެ އަގުހުރި އިނާމަކާއެކު ހާއްސަ ޓިކްޓޮކް ޗެލެންޖެއް ހުޅުވައިލައިފި އެވެ.
މި ޗެލެންޖް އިއުލާނުކޮށްފައިވާ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.
މި ޗެލެންޖުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން "ދިރާގު ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ލަވަ "ނޫރާޅާ ޖައްސާލާ" އަށް ކޮންޓެންޓް ތައްޔާރުކޮށް، ދިރާގުގެ ޓިކްޓޮކް އެކައުންޓް @dhiraagufans ފޮލޯ އަދި ޓެގް ކުރުމަށްފަހު #DhiraaguWin2Speedboats ބޭނުންކޮށްގެން ބައިވެރިވެވޭނެ އެވެ.
މިއީ، ހުނަރުވެރި ކޮންޓެންޓް ކްރިއޭޓަރުންނަށް އަދި ކޮންޓެންޓް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހުނަރުތައް ދައްކައިލައި، އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ ޗެލެންޖެކެވެ. އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައިވާ މި މުބާރާތް ކާމިޔާބުކުރާ ފަރާތް ހާމަކުރުމަށް ހަމަޖެހިފައިވަނީ ދިރާގުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.
ދިރާގުން ދަނީ އުފެއްދުންތެރިކަން ކުރިއެރުވުމަށާއި ހުނަރު ތަރައްގީކުރުމަށް މި ފަދަ ހާއްސަ ހަރަކާތްތައް އަގުހުރި އިނާމުތަކާއެކު ކުރިއަށްގެންދަމުންނެވެ.