ރާއްޖޭގެ ގިނަ އެއާޕޯޓްތަކެއް ހިންގާ އެމްއޭސީއެލްގެ މުވައްޒަފުންނަށް މި އަހަރު ވެސް ބޯނަސްގެ ގޮތުގައި 25،000ރ. އެ ކުންފުނިން ދީފި އެވެ.
ބޯނަސްގެ ފައިސާ މިއަދު ޖަމާކޮށްފައިވާކަން އެމްއޭސީއެލްގެ ބައެއް މުވައްޒަފުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެ ކުންފުނިން އަންނަނީ 2022 ވަނަ އަހަރުން ފެށިގެން ޖެހިގެން ކޮންމެ އަހަރަކު ބޯނަސްގެ ގޮތުގައި 25،000ރ. ދެމުންނެވެ.
މިދިޔަ އަހަރު އެ ކުންފުނިން މުވައްޒަފުންނަށް ބޯނަސް ޖަމާކޮށްފައިވަނީ 29 ސެޕްޓެމްބަރުގަ އެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ފައިދާވާ ކުންފުންޏަކީ އެމްއޭސީއެލްއެވެ. އެ ކުންފުނީގައި 4،000އަށްވުރެ ގިނަ މުވައްޒަފުން ތިބެއެވެ. އެހެންކަމުން ބޯނަސްގެ ފައިސާ ދިނުމަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ކުންފުނިން ހަރަދުކުރާނެ އެވެ.