ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާއަށް މީހުން ގެންދިޔައީ މަޖުބޫރުކޮށްގެންކަން ކަށަވަރުވެއްޖެ އެވެ.
"ހުރިހާ"އާ ވާހަކަދެއްކި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުން ބުނީ ޕީއެންސީ ޖަލްސާއަށް ދިޔުމަކީ މަޖުބޫރުކަމެއް ކަމަށް އެ މީހުންނަށް އޮތީ އަންގާފައި ކަމަށެވެ. އަދި ޕީއެންސީން ޖަލްސާ އޮންނާނެކަން އިއުލާންކުރުމުގެ ކުރިން ބައްދަލުވުންތައް ބާއްވައި ޖަލްސާއަށް ދިޔުމަށް މުވައްޒަފުންނަށް އަންގަމުންދިޔަ ކަމަށް ވެސް ބައެއް މުވައްޒަފުން ކިޔައިދިނެވެ.
"އަޅުގަނޑުމެންގެ ހާޒިރީ ވެސް ބެލި. ވަޒީފާއިން ވަކިވާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެހެންވެ ދިޔައީ،" ރޭގެ ޖަލްސާއަށް ދިޔަ ސަރުކާރު ކުންފުންޏެއްގެ މުވައްޒަފަކު ކިޔައިދިނެވެ.
ރޭގެ ޖަލްސާއަށް ދިޔަ މީހުންގެ ތެރޭގައި ޕީއެންސީގެ މަޖިލިސް މެންބަރުންނާއި އެ ޕާޓީއަށް ނިސްބަތްވާ މާލޭ ސިޓީގެ ކައުންސިލަރުންނާއި ސިޔާސީ މަގާމްތަކުގައި ތިބި މީހުން ވެސް ހިމެނެ އެވެ. އެހާ ގިނަ މުވައްޒަފުން ދިޔުމުން ޖަލްސާ ބޭއްވި ސަރަހައްދު އޮތީ ތޮއްޖެހި ފުރިފަ އެވެ.
ހާޒިރީ ބަލައި މަޖުބޫރުކޮށްގެން ޕީއެންސީގެ ޖަލްސާއަށް ގިނަ މުވައްޒަފުން ގެންދިޔުމަށްފަހު އެ މަންޒަރު ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކޮށް ޕީއެންސީގެ އެކްޓިވިސްޓުން އަންނަނީ އެއީ ރައީސް މުހައްމަދު މުއިއްޒަށް އޮތް ތާއީދު ކަމަށް ބުނަމުންނެވެ.
އަހަރެންގެ އެހީއާ ނުލައި ސައުދީ ލީޑަރުންނަށް ނޫޅެވޭނެ: ޓްރަމްޕް
ވޯޓުލާ މަރުކަޒުތަކަށް ތަކެތި ފޮނުވަން ފަށައިފި
ގަސް ނުހެދެނީ ސްޓްރެސް ވާތީ!

ހުރިހާ އެމްވީގެ މުވައްޒަފުންތޯ ކުންފުނިތަކުގެ މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓީ؟