އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ބޮޑު މުޒާހަރާއަށް ފުލުހުން ހުރަސްއަޅާފައި ވަނިކޮށް މިރޭ ބާރަޖެހުމާއެކު މުޒާހަރާ ނިންމާލައިފި އެވެ.
މުޒާހަރާ ނިންމާލީ އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ހާއްސަ ދުއާ އަކުންނެވެ.
އެ ޕާޓީން ބުނީ ކުރިއަށްއޮތްތަނުގައި ވެސް ސިލްސިލާ މުޒާހަރާތަކެއް ކުރާނެ ކަމަށެވެ. މިރޭގެ މުޒާރަހާ ނިންމާލިއިރު ވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލް މުޒާހަރާގެ ކުރީ ސަފުގައި ހަރަކާތްތެރިވި އެވެ.
"ލޫޓުވައިފި،ލޫޓުވައިފި" ގެ ނަމުގައި މިރޭ 8:30 ގައި މުޒާހަރާ ފެށީ އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ. މަގުމައްޗަށް ނުކުތީ އާޓިފިޝަލް ބީޗްގައި މަޑުކޮށް ބައެއް ބޭފުޅުން ކުރު ސްޕީޗްތަކެއް ދިނުމަށްފަހު ކަމަށެވެ.
މަޖިީދީމަގުން ކުރިއަށްދާން މުޒާހަރާގެ ބައިވެރިން އުޅުމުން ފުލުހުން ވަނީ ހުރަސްއަޅާފަ އެވެ. ފުލުހުން ބުނީ މުޒާހަރާ ހުއްޓުވީ ހުއްދަދީފައިނުވާ ސަރަހައްދަކުން މުޒާހަރާގެ ބައިވެރިންދާން އުޅުމުން ކަމަށެވެ.
މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.