ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާ މެންބަރުކަމަށް ކުރިމަތިލި 10 މީހުންގެ ތެރެއިން ދެ މީހަކު ނަން އަނބުރާ ގެންގޮސްފި އެވެ.
މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެކަން ހާމަކޮށްފަ އެވެ.
ނަން އަނބުރާ ގެންގޮސްފައިވަނީ ޝަފީގާ ނައީމާއި ފާރިސް ތޯހާ އެވެ.
އެ ކޮމިޓީން މިއަދު ވަނީ ބާކީތިބި އަށް މެންބަރުންނާ އިންޓަވިއުކޮށްފަ އެވެ.
އިންޓަވިއު މަރުހަލާ ކުރިއަށްގެންދިޔަ މެންބަރުން
• ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ
• މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް
• ސަފާ ޝަފީގު، ދ.މީދޫ، ބިއްލޫރިވިލާ
• އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
• އިބްރާހިމް މުހައްމަދު، ގ. ވިންޑް
• މޫސާ ރިލްވާން، މ. ހާވިލާ
• ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580
• މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ
އެ ކޮމިޝަނަށް މަޖިލީހުން އައްޔަން ކުރާނީ އޭގެތެރެއިން ތިން ބޭފުޅުންނެވެ. އިންޓަވިއު މަރުހަލާގައި އެންމެ ދަށުން މާކްސް ލިބޭ މީހާ ވެސް އެ ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވެ އެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެ ކޮމިޝަނަށް އިންތިހާބަކާ ނުލައި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން ހަތަރު މެންބަރުން މިހާރު ވަނީ އިންތިހާބުވެފަ އެވެ.