ދިރާގު 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފި އެވެ.
ދިރާގުން ބުނީ މި ގޮތުން، 30 ނޮވެމްބަރުގެ ކުރިން އެންރޯލްކުރާ ކަސްޓަމަރުންނަށް މި ފުރުސަތު ލިބޭނެ ކަމަށެވެ.
'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބަރ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އައު ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރުވާނެ އެވެ. އަދި، މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓަރކުރާ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ލިބި، މި އަގުހުރި އިނާމްތައް ހާސިލުކުރުމުގެ ފުރުސަތު އިތުރުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.
ދިރާގު ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް 31 މާރިޗު 2026 ގެ ކުރިން އެންރޯލްކުރެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. މި ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވެ އެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ އެވެ.
ދިރާގުން ދަނީ މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.