މި މަހުގެ ތިން ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާއަށް ދިޔަ ބައެއް މީހުންނަށް ފުލުހުން ޗިޓް ފޮނުވަން ފަށައިފި އެވެ.
ތަހުހީގަށް ހާޒިރުވާން އަންގައި ފުލުހުން ފޮނުވާ ޗިޓްގައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މަގުމައްޗަށް އެއްވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ޗިޓް ފޮނުވި މީހުންގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ވެސް ހިމެނެ އެވެ.
އެމްޑީޕީގެ މުޒާހަރާއަށް ދިޔަ މުވައްޒަފުން ވަޒީފާއިން ވެސް އަންނަނީ ވަކިކުރަމުންނެވެ. އެގޮތުން އާރްޑީސީގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
އެމްޑީޕީގެ މުޒާހަރާ އިން ހައްޔަރުކޮށް ދޫކޮށްލި މީހުންގެ މައްޗަށް ވެސް ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތެވެ.
މިއީ 1999 ގެ ފަހުން ޔޫރަޕަށް ފެނުނު އެންމެ ފުރިހަމަ އިރުކޭތަ
އަންހެނުން ދެކެ ވާ ލޯބިން "ތާޖް މަހަލް"އެއް ބިނާ ކޮށްދީފި
