ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) ގެ ރައީސް ހުސެއިން ރިޒާ އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދިނުމުން، މެޖިސްޓްރޭޓުން ހުވާކުރުމަށްޓަކައި މިރޭ ބާއްވަން އޮތް ރަސްމިއްޔާތު ކެންސަލްކޮށްފި އެވެ.
ޖޭއެސްސީން ބުނީ މެޖިސްޓްރޭޓުން ހުވާ ކުރުމުގެ ރަސްމިއްޔާތު އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށާއި ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާ ގޮނޑިއަށް އައްޔަންކުރި ރިޒާ އެ މަގާމުން އިސްތިއުފާދެއްވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އާއި އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރީ ރިޒާގެ ރިޔާސަތުގަ އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝާހިދު ވާދަކުރައްވަނީ
ވިލާ ސިމެންތި: ރާއްޖޭގެ ތަރައްގީގައި 26 އަހަރުގެ އިތުބާރު
ޒައިތޫނި ތެލުން ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަ ކޮށްދޭ: ދިރާސާ