ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ހުސްނީ މުބާރަކު އައްޔަނުކޮށްފިއެވެ.
ހުސްނީ ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަނު ކޮށް އޭނާ އަށް މަގާމުގެ ލިޔުން އެރުވީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ހުސްނީ ވަނީ މަގާމުގެ ހުވާ ކުރައްވައިފަ އެވެ.
ޖޭއެސްސީގައި މަޖިލިސް ތަމްސީލު ކުރައްވާ މެންބަރުކަމަށް ހުސްނީ އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރަން ފާސްކުރީ މަޖިލީހުގެ 58 މެންބަރުންގެ ވޯޓުންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ހުސްނީ ޖޭއެސްސީއަށް އައްޔަނުކުރީ އެ ކޮމިޝަނުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރައްވާ މެންބަރުގެ މަގާމަށެވެ. އެ މަގާމުގައި މީގެ ކުރިން ހުންނެވީ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އެވެ. އެ މަގާމު ހުސްވީ ރިޒާ އިސްތިއުފާ ދެއްވުމުންނެވެ.
ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދެވި ރިޒާ އެ ކޮމިޝަނުން އިސްތިއުފާ ދެއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމާއެކު ޖޭއެސްސީގެ ރައީސްގެ މަގާމު ވެސް ވަނީ ހުސްވެފަ އެވެ.
"ބޭރު ފައިސާއިން އާމްދަނީ ލިބޭ މީހުން ކަޅު ބާޒާރުގައި ވިއްކާ"
ތިނަދޫ-ކާޑެއްދޫ ބްރިޖުން ފަތުރުވެރިކަމަށް ހުރަސްއެޅޭނެ: ޔާމީން
ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ މީހެއްގެ ހާލު ސީރިއަސްވެއްޖެ