ފުޓްސެލް ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާއި ގުޅިގެން، ފުލުހަކު ކުޑަކުއްޖަކަށް އަނިޔާވެދާނެ ގޮތަކަށް އަމަލުކޮށް ބިރު ދެއްކި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ބަލަމުން ދާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިކަން ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހު ދެކުނުގެ ރަށަކަށް ނިސްބަތްވާ ރަށެއްގައި ކަމަށެވެ.
އެ ރަށު ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާ ގުޅިގެން، އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެ އަމަލެއްކޮށް ބިރުދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރާއިރު، ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކަށް ވުމުން، މައްސަލައިގެ އިދާރީ ބައި ތަހުގީގު ކުރަނީ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކަމަށް ފުލުހުން ބުންޏެވެ.
އަހާންއާއި އަނީތު އުޅެނީ ލޯބީގެ ގޮތުން ގުޅިގެންތަ؟
މާބަނޑުއިރު އިތުރުވި ބަރުދަން ލުއިކުރަން އެހީއެއް!
ބޮލުގައި ބަޑި، އަތުގައި ކަނޑި، ފުރާނަ ދޫކޮށްލީ އެއްއަޒުމެއްގައި
ކޮންމެ ކަމެއްގެ ޙައްލަކީ ޖޫރިމަނާއެއް ކަމުގައި ދެކިގެން އިންސާނުން ޚަލްޤު ކުރައްވާ ގެންގުޅުއްވާ ފަރާތަށް ވުރެ ތިމާމެންގެ އޯގާތެރިކަން ބޮޑުކަމަށް ހެދިގެން ހަދާ ގާނޫނުގެ ރަހަ ރައްޔިތުމީހާގެ އަރުތެރޭ ލަމުން މިދަނީ. މުއައްސަސާތަކަށް ޤާނޫނީ ހައިސިއްޔަތު ދީފަވާލެއްބޮޑުކަމުން އަމަލުތަށް ލިޔުއްވާ މަލާއިކަތުންނަށް ވެސް މިބައިމީހުންނާ ކައިރި ނުވެވޭނެ ހެން ހީވާކަހަލަ. ރަށުތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމުގެ ނަމުގައި މީހުންގެ އަނބިން ގޮވައިގެން ސައިކަލު ބުރު ޖަހަނީ...
ރިޕްލައި