ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދުގެ 30 ޕަސެންޓު 35 އަހަރުން ދަށުގެ މެންބަރުންނަށް ހާއްސަކުރުމަށް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ގާނޫނުއަސާސީގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމާ ބެހޭ މާއްދާއަށް އަކުރެއް އިތުރުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ ހުށަހަޅުއްވާފަ އެވެ. އެއީ މަޖިލީހަށް މެންބަރުން އިންތިހާބުކުރާއިރު މެންބަރުންގެ އަދަދު ކަމަށް ކަނޑައަޅާ ޖުމްލަ އަދަދުގެ 30 ޕަސެންޓު ދާއިރާއަކީ އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް ހާއްސަ ދާއިރާތަކެއްގެ ގޮތުގައި އެކަށައަޅައި، މަޖިލީހުގައި ހިމެނޭ އިންތިހާބީ ދާއިރާތަކުގެ ތެރެއިން އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް ހާއްސަކުރާ ދާއިރާތައް ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާންކުރުމަށެވެ.
މިކަމާ ގުޅިގެން މީކާއީލް ވިދާޅުވީ މި އިސްލާހު ހުށަހެޅުއްވީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ އެއް ބަޔަކީ ޒުވާނުންކަމަށްވީ ނަމަވެސް، ސިޔާސަތުތައް އެކުލަވާލައި ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައި އިސްކޮށް ބަސްބުނުމުގެ ހައްގު ފުޅާ ދާއިރާއެއްގައި ޒުވާނުންނަށް ތަނަވަސްކޮށްދިނުމަށް ކަމަށެވެ.
ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ސީދާ ބައިވެރިވުން ކުޑަކަމަށް އޭނާ ވިދާޅުވިއެވެ.
މިވަގުތު ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރަކު އެބަ ތިއްބަވައެވެ. އެއީ އެވަރެޖްކޮށް ކޮންމެ 5،000 މީހެއްގެ އާބާދީއަކަށް އެއް މެންބަރުގެ ނިސްބަތުންނެވެ. މި އިސްލާހު މަޖިލީހުން ފާސްކޮށްފިނަމަ، 93 މެންބަރުންގެ ތެރެއިން 28 މެންބަރުން ވާނީ ޒުވާނުންނަށެވެ.
އައިއެމްސީޓީސީ އިން ރާއްޖޭގައި އަސްކަރީ ތަމްރީނުތަކެއް ފަށައިފި
ބޮލީވުޑްގައި "ފިރިހެނުން" ނޫޅޭ ކަމަށް އަޖޭ ބުނީ ކީއްވެ؟
ހުޅުމާލޭ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް
