ހެލްތު ސެޓެފިކެޓު ނެތި ކާބޯތަކެތި އެތެރެކުރަން ހުއްދަ ދިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ދެ މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.
އެ މައްސަލާގައި ދައުވާކޮށްފައި ވަނީ އެމްއެފްޑީއޭގެ ދެ މުވައްޒަފުން ކަމަށްވާ ދަފްތަރު ރސ 9244، އަހުމަދު ހާޝިމް، އާއި ގދ. ތިނަދޫ، ޢަރަފާތު، އަހުމަދު ޒާހިިރުގެ މައްޗަށެވެ.
އެ ދެ މީހުންގެ މައްޗަށް ކުރަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ އެވެ. މި ތިން ދައުވާ ސާބިތުވެއްޖެނަމަ ކޮންމެ މީހަކަށް 14 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ރާއްޖެއަށް ކާބޯތަކެތި އެތެރެކުރަން ބޭނުންވާ ހެލްތު ސެޓްފިކެޓާއި ނުލައި ކަނޑުމަގުންނާއި ވައިގެ މަގުން ކާބޯތަކެތީގެ ޝިޕްމަންޓުތަކެއް އެތެރެކުރަން ކްލިއަރެންސް ހުއްދަ އެ ދެ މީހުން ދިން ކަމަށް ދައުވާގައިވެއެވެ.
ދައުވާ ކުރުމުގެ ކުރިން އެ ދެ މީހުން ޕީޖީ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ހުށަހެޅި އެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ އެ ހުށަހެޅުން ބަލައިނުގަންނަން ނިންމާފަ އެވެ.
އެގޮތަށް ނިންމަންޖެހުނީ އެ ދެ މީހުން ކުރި ކުށަކީ ރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށްވެފައި އެކަން ރައްކާތެރި ކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް އަމަލުކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެންމެ ގިނައިން ޓެކްސް ދައްކާ ބޮލީވުޑް ތަރިން!
ކައުންސިލް އިންތިހާބަށް އެމްޑީޕީން 58 ދާއިރާގައި ޕްރައިމަރީއަކަށް
މޮބައިލް ފޯނުން ސިކުނޑީގެ ކެންސަރަށް މަގުފަހިވޭ؟
