މިހާރު 3،984ރ. ގައި ހުރި ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭން ފްލެޓް ލިބިފައިވާ މީހަކު ރައީސް މުހައްމަދު މުއިއްޒުގެ ކިބައިން އެދިއްޖެ އެވެ.
އޭނާ މިފަދައިން ރައީސް މުއިއްޒުގެ ކިބައިން އެދުނީ މިރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގަ އެވެ.
އޭނާ ބުނިގޮތުގައި ކުލި ބޮޑުކަމުން ހިޔާ ޓަވަރުގައި އުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.
ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދުނުއިރު، އެ ފްލެޓް ލިބުނު މީހުންގެ ތެރެއިން ގިނަ ބަޔަކު ސަރުކާރަށް ދައްކަންޖެހޭ ކުލި ވެސް ނުދައްކަ އެވެ. އެކަމާ ހެދި ހިޔާ ފްލެޓް އެޅުމަށް ނެގި ލޯނު ދެއްކުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހެ އެވެ.
ނަމަވެސް ކުލި ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްގެ ކުލިން 200،000 ރުފިޔާ އުނިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި ނިންމާގޮތެއް ހާމަކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ބާޖަކުން ގެއްލުނު މީހަކު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނިއްޖެ
އާލިއާއަށް ލޯބިން ކިޔައި އުޅުނު ނަން އެނގޭތަ؟
ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ޒަރިޔަންދު ނުކުންނަނީ
