ދައުލަތުން އެދިގެން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫކޮށްލައިފި އެވެ.
ޕީޖީ އޮފީހުން ބުނީ ޝަމްއާން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގައި އެދުނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައިގަނޑު ހެކި ނަގައިނިމިފައިވާތީ ހެއްކަށް ނުފޫޒުފޯރުވުމުގެ ފުރުސަތު ކުޑަކަމަށް ފެންނާތީ ކަމަށެވެ.
ޝަމްއާން ބަންދުން ދޫކޮށްލީ ޝަރުތުތަކާއެކުއެވެ. އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އޭނާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލި ކަމަށް ތުހުމަތުކޮށް، ޝަމްއާންގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާކުރިއެވެ. އެ މީހުން ވެސް މިހާރު ވަނީ މިނިވަންކޮށްފަ އެވެ.
ޝަމްއާން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.
ޝަމްއާން ވަނީ އޭނާގެ ތަހުގީގަށް ހޯމް މިނިސްޓަރު އަލީ އިހްސާން ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް އިހްސާން އެކަން ދޮގުކުރައްވަ އެވެ.
އަޒީޒާގެ ފެހުން 70 އަހަރުގައި ވެސް ވަރަށް ނަލަ!
ޝުޖާއު ވަކިކުރަން ނިންމި ނިންމުން އަނބުރާ ގެންދަން ގޮވާލައްވައިފި
ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާ ބަލިކޮށް މިސްރު ގަދަ 16 އަށް
