މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިޔުޓީ މޭޔަރު އަހްމަދު ނަރީޝް އިސްވެ ހުންނަވައި، މާލޭ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ވަޖީހު ނަސީރު, އެ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފި އެވެ.
ނަރީޝްގެ ހުށަހެޅުމަކަށް ވަޖީހު އެސްޖީކަމުން ވަކިކުރީ ރައީސް މުހައްމަދު މުއިއްޒަށް ތާއީދު ކުރާ ކައުންސިލަރުންގެ ވޯޓާއެކު އޮގަސްޓް 15, 2024ގައި އެވެ.
ވަޖީހު ވަނީ މަގާމުން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފަ އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިދިޔަ ބުދަ ދުވަހު ނިންމި ނިންމުމުގައި ވަނީ އޭނާ ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މުވައްޒަފަކު ވަކިކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމް ނުކޮށް ކަމަށެވެ.
ވަޖީހު މަގާމުން ވަކިކުރީ މާލޭ ސިޓީ ކައުންސިލުން އެކިއެކި ފަރާތްތަކަށް ނުދައްކައި އޮތް 240 މިލިއަނަށްވުރެ ގިނަ ރުފިޔާ، އުސޫލުތަކުގެ ބޭރުން ދެއްކުމަށް އޭނާ ދެކޮޅު ހެއްދެވުމުންނެވެ.
ވަޖީހުގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުގެ ކުރިން މަގާމުން ވަކިކޮށްފައިވާތީ އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، އޭނާ މަގާމުން ވަކިކުރި ދުވަހުން ފެށިގެން، އޭނާ އާ ވަޒީފާއެއް އަދާކުރަން ފެށި ދުވަހާ ހަމައަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން ވަނީ އަންގާފައެވެ.
އާ ވަޒީފާއެއް ލިބުނު ދުވަހާއި ހަމައަށް ނަސީރަށް ނަގައިދީފައިވަނީ 239،026 ރުފިޔާއެވެ. މި ފައިސާ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި އޭނާއަށް ދެއްކުމަށް ވަނީ އަންގައިފަ އެވެ.

ސުވާލާއި ޖަވާބު: ހައިޟުވެރިޔާ ފަހު ދިހައެއް ހޯދާނީ ކިހިނެއް؟
އިސްލާމް ދީން ގަބޫލު ކުރާނަންތޯ އެހުމުން ގައުރީ ބުނީ ކީކޭ؟
ވެމްކޯއިން މުވައްޒަފުންނަށް މުސާރަ ދިނުން ލަސްކުރާ މައްސަލައެއް
