މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ދިގު ތާރީޚުގެ މައްޗަށް ބިނާކޮށް އެކުލަވައިލާ، ޝާއިއުކޮށްފައިވާ ފޮތް، "ރިހި 25" ނައިބު ރައީސް ފައިސަލް ނަސީމަށް ހަދިޔާ ކުރައްވައިފި އެވެ.
މި ފޮތް އެ މަނިކުފާނުގެ އަތްޕުޅަށް އަރުވާފައި ވަނީ، މި ކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި، އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝާހެވެ.
މިއަދު ނައިބު ރައީސަށް ހަދިޔާކޮށްފައިވާ ފޮތަކީ އެމްޑަބްލިއުއެސްސީގެ ރިހި ޔޫބީލް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ ދިގު ތާރީޚުގެ މައްޗަށް ބިނާކޮށް ޝާއިއުކޮށްފައިވާ ފޮތެކެވެ. މި ފޮތުގައި އެކުންފުނި އުފެދިގެން އައި ގޮތާއި އެކުންފުނިން ހާސިލު ކޮށްފައިވާ ލަނޑުދަނޑިތަކުގެ ތަފްސީލުތައް ހިމަނާފައިވެ އެވެ. އަދި ކުންފުނީގެ މަސައްކަތް ފެށުނީއްސުރެ މާލޭގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ހާލަތު އެކި ދުވަސްވަރުގެ މަތިން ބަދަލުވަމުން އައިސްފައިވާ ގޮތް ވެސް ބަޔާންކޮށްދީފައިވެ އެވެ. ހަމަ އެއާއެކު ފެނާއި ނަޖިހުގެ ހާލަތާމެދު މާލޭގައި އެންމެ ފުރަތަމަ ކުރެވުނު އިލްމީ ދިރާސާ ރިޕޯޓުން ފެށިގެން އެކި ދައުރުތަކުގައި މާލޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ވެސް މިފޮތުގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން މިހާރު އެމްޑަބްލިޔުއެސްސީއިން ފެނާއި ނަރުދަމާ އިތުރުން އެހެން ދާއިރާތަކުގައި ފައިތިލަ ސާބިތުކޮށް ހޯދަމުންދާ ކުރިއެރުންތަކުގެ މައްޗަށް ވެސް މިފޮތުގައި ވަނީ އަލިއަޅުވާލާފަ އެވެ.
"ބޮޑު ބަދަލު" ގެ މަސައްކަތުގައި ދެމިހުންނާނަން: ފައްޔާޒް
ލާފައި ހުރި "ބޮޑު ބަނޑުން" ސިއްހަތާ ބެހޭ އެތައް ވާހަކައެއް!
ނޭޓޯގެ ގައުމުތަކަށް ރަޝިއާއިން ހަމަލާއެއް ނުދޭނެ: ޓްރަމްޕް