ވެރިކަން ކުރާ ޕީއެންސީގެ މައި އޮފީހުގެ ގޮތުގައި ހ. ވެޔޮވިލާ ފަސް ބުރިއަށް އިމާރާތްކޮށްފައި ވަނީ އިމާރާތްކުރުމުގެ ގަވާއިދުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، މާލޭ ސިޓީ ކައުންސިލުން އެ ގޯތީގެ ވެރިފަރާތް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.
އެނގިފައިވާގޮތުގައި އެ ގޯތީގެ ވެރިފަރާތް ޝަފިއްޔާ ޒުބައިރު ޖޫރިމަނާކޮށްފައި ވަނީ ޖުމުލަ 128,545ރ. އިންނެވެ. އެއީ އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދާ ހިލާފަށް، ހުއްދަ ހޯދުމަކާ ނުލައި އެ ގޯތީގައި މަސައްކަތް ކޮށްފައިވާތީ އެވެ.
ހުއްދަ ނެތި ފަސް ފަންގިފިލާ އިމާރާތްކުރުން ޖޫރިމަނާކުރީ 73,545ރ. އިންނެވެ. ރަޖިސްޓްރީވެފައިވާ އިންޖިނިއަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ބިންގަނޑު ކޮނުމާއި ފައުންޑޭޝަން މަސައްކަތް ކޮށްފައިވާތީ 50,000ރ. އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި އިމާރާތްކުރުމުގެ ގާނޫނާ ހިލާފު ކަންތައްތަކެއް ހިނގަމުންދިޔައިރު، އެކަން ކަމާބެހޭ އިދާރާއަށް އަންގާފައި ނުވާތީ އިތުރު 5,000ރ. އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
ގަވާއިދާ ހިލާފަށް ހެދި އެ އޮފީސް އިމާރާތް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުއްވައިދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
ވައި ނުސާފުވުމުގެ ސަބަބުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް
އަލިމަގު އޮޕަރޭޝަނުގައި 10 ތަނެއް ބަލައި 4 މީހުން ހައްޔަރަށް
ރޫޅުނު ކައިވެންޏާ ބެހޭގޮތުން ޖެނިފާ ވާހަކަ ދައްކައިފި
