ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ މައްސަލައާއި ޝަކުވާ ހުށަހަޅަން ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފި އެވެ.
އިންތިހާބާ ބެހޭ މަރުކަޒުގައި އެ ބިއުރޯ ގާއިމުކުރީ އިލެކްޝަންސް ކޮމިޝަން (އީސީ)ންނެވެ.
އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ އިންތިހާބާ ގުޅިގެން ބިއުރޯއެއް ގާއިމުކުރީ ރައްޔިތުންނަށް ފަސޭހައިން އިންތިހާބީ ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅުމަށާއި އެ ހުށަހަޅާ ޝަކުވާއެއް ނުވަތަ މައްސަލަތައް އަވަހަށް ބެލޭނެ ނިޒާމެއް ހެދުމުގެ މަގުސަދުގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި، އިންތިހާބުތަކާ ގުޅޭ ޝަކުވާ ފޯމު ބަލައިގަންނާނީ، އީސީގެ ކައުންޓަރުތަކާއި ބިއުރޯގެ މެއިލް މެދުވެރިކޮށެވެ.
ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އީސީގެ ވެބްސައިޓާއި އިންތިހާބާބެހޭ މަރުކަޒުގެ އިތުރުން އީސީގެ ކައުންޓަރުންނެވެ. އޭގެ އިތުރަށް، ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުންނާއި ރާއްޖެއިން ބޭރުގައި ހަމަޖައްސާފައިވާ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފޯމު ލިބޭނެ އިންތިޒާމު އީސީން ވަނީ ހަމަޖައްސާފައެވެ.
އީސީން ބުނީ، އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު އިންތިޚާބުގެ ވޯޓު ލާން ފެށީއްސުރެ، ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާ ހަމައަށް ޝަކުވާ ބަލައިގަންނާނެ ކަމަށެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި، އިންތިހާބުގެ ވޯޓު ލުން އޮންނާނީ އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 16:00އަށެވެ.
އެމްޑީޕީން ދެން މަސައްކަތް ކުރަން ވީ 2028 ވެސް ކާމިޔާބު ކުރަން
ވިވެކް ބޮލީވުޑުން ދުރަށް ދިޔައީ ކީއްވެ؟
މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް އާދަމް އާޒިމް ކަށަވަރުކޮށްފި