ދެ ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މ. އަތޮޅު މަދަރުސާގެ ކުރީގެ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރު ޝުއައިބު އަބްދުﷲ ގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް އުފުލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ މ. ކޮޅުފުށީ ސާދާގެ، ޝުއައިބު އަބްދުﷲގެ މައްޗަށް ދައުވާކުރީ އޭނާ ކިޔަވައިދިން ދެ ކުއްޖެއްގެ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީ އާއި އެ ކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ.

އެ މައްސަލަތައް ހުށަހެޅީ ކޮޅުފުށީ ކޯޓަށެވެ.

ދައުވާތައް

  • އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ
  • އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ ދެ ދައުވާ
  • ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ

އެ ދައުވާތައް ސާބިތުވެއްޖެނަމަ، 60 އަހަރާއި 1 މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.