ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާ ކައިވެނި ކުރަން އުޅޭ ކަމަށް ބުނާ ދައުވަތު ކާޑެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.
މިއާއެކު، މި ދެ ތަރިންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ލޯބީގެ ގުޅުމުގެ އަޑުތައް އަލުން ވަނީ ގަދަވެފަ އެވެ. މިކަމާ ގުޅޭގޮތުން އެއްވެސް ތަރިއަކު ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، އާންމުވެފައިވާ ސިޓީއެއްގެ ސިފައަށް އޮތް މި ދައުވަތު ކާޑުގައި ބުނާ ގޮތުން، މި ދެ ތަރިން ކައިވެނިކުރަން ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.
މި ދުވަސްވަރު ވިޖޭ ދަނީ ތަފާތު އެކި ހަފުލާތަކުން ފެންނަމުންނެވެ. އޭގެ ތެރޭގައި ވޭވްސް ސަމިޓްގައި ކަރީނާ ކަޕޫރާއި ކަރަން ޖޯހަރާއެކު ބައިވެރިވުމާއި، ދާދި ފަހުން ދުބާއީގައި ބޭއްވި ސީމާ އެވޯޑްސްގައި ބައިވެރިވުން ހިމެނެ އެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ މި ދައުވަތު ފޮނުވާފައިވަނީ ވީޑީ ޖަހާފައިވާ ރަސްމީ ސިޓީއެއްގެ ގޮތަށެވެ. މި ލިޔުމުގައި ފެބްރުއަރީ 26 ގައި ކައިވެނީގެ ރަސްމިއްޔާތު ބާއްވާނެ ކަމަށް ބުނެފައިވާއިރު، މިއީ އާއިލާއާއި ގާތް މީހުނަށް އެކަނި ބާއްވާ ހަފުލާއެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ. ނަމަވެސް، ކައިވެނި ކުރާނެ ވަކި ތަނެއް މި ލިޔުމުގައި ހާމަކޮށްފައެއް ނުވެ އެވެ.
މީގެ އިތުރުން، އކައިވެނީގެ ރިސެޕްޝަން އޮންނާނީ މާޗު މަހުގެ 4 ވަނަ ދުވަހު ހައިދަރުއާބާދުގެ ތާޖް ކްރިޝްނާ ހޮޓަލުގަ އެވެ. މިހާތަނަށް މި ކާޑުގެ ސައްހަކަމާ މެދު ވިޖޭ ނުވަތަ ރަޝްމިކާގެ ފަރާތުން އެއްވެސް ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ.
މި ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ އަޑުތައް ފެތުރެމުންދާތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ދެމީހުން އެކުގައި އާންމު ތަންތަނުން ފެނުނު ނަމަވެސް، މިހާތަނަށް އެ ގުޅުން ދޮގުކޮށް ނުވަތަ ކަށަވަރުކޮށްދީފައެއް ނުވެ އެވެ. 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރަޝްމިކާގެ އިނގިލީގައި އަލިމަހުގެ އަނގޮޓިއެއް އޮތްކަން ފޭނުންނަށް ފާހަގަކުރެވުނު އިރު، އެ ދުވަސްވަރު ވިޖޭ ވެސް އަނގޮޓިއެއް އަޅައިގެން އުޅޭތީ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
މީގެ އިތުރުން، ހަފުލާއެއްގެ ތެރެއިން ވިޖޭ، ރަޝްމިކާގެ އަތަށް ބޮސްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވެ، އެއީ އެ ދެމީހުންގެ މެދުގައި އޮތް ގާތްކަން ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. އެހެންނަމަވެސް، އެންގޭޖްމަންޓާއި ކައިވެނީގެ ވާހަކަތަކަށް އެ ދެ ތަރިން އަދިވެސް ތިބީ ހަނުހިމޭނުންނެވެ.
ޑޮމެސްޓިކް ދަތުރުތައް ކުރީގެ ޓާމިނަލަށް ބަދަލުކުރަނީ
ބޮޑުތަކުރުފާނުގެ މަގުގެ ދެވަނަ ސެގްމެންޓް ހުޅުވާލައިފި
ކުޅިވަރު ތަރައްގީއަށް ބީއެމްއެލުން ކުރާ މަސައްކަތަށް އެވޯޑެއް