މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ އާއި އެމެރިކަން ފުޓްބޯޅަ ތަރި ސްޓެފަން ޑިގްސްގެ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފައިވާކަން ކާޑީބީ ރަސްމީކޮށް ކަށަވަރުކޮށްދީފި އެވެ.
ކާޑީބީ މިކަން ހާމަކުރީ އޭނާގެ "ލިޓްލް މިސް ޑްރާމާ ޓުއާ" ގެ ތެރެއިން ލޮސް އެންޖެލިސްގައި ބޭއްވި ކޮންސެޓެއްގަ އެވެ. މި ކޮންސެޓްގައި އޭނާއާ ވާދަވެރި ރެޕް އާޓިސްޓެއް ކަމަށްވާ ބިއާ އަށް ބަހުގެ ހަމަލާތަކެއް ދެމުން، ޑިގްސްއާ ވަކިވެފައިވާކަން އޭނާ އިއުލާން ކުރިއެވެ.
ކޮންސެޓްގެ ތެރެއިން ކާޑީބީ ބުނީ، އޭނާގެ ދަރިފުޅުގެ ބައްޕައާ (ޑިގްސްއާ) ގުޅުން ކެނޑުނު ކަމުގައި ވިޔަސް، އެހެން މީހުންނަށް އޭނާއާ ބެހޭގޮތުން ދަށް ފަންތީގެ ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. މިއީ ބިއާ ސޯޝަލް މީޑިއާގައި ޑިގްސްއަށް އަމާޒުކޮށް ކުރި މަލާމާތުގެ ޕޯސްޓަކަށް ދިން ރައްދެކެވެ.
މި ދެ ތަރިންގެ ގުޅުން ހީނަރުވެފައިވާ ކަމަށް އަޑުފެތުރެން ފެށީ 2026 ވަނަ އަހަރުގެ ސުޕަ ބޯލް މެޗުގެ ކުރިން، ދެމީހުން ސޯޝަލް މީޑިއާގައި އެކަކު އަނެކަކަށް "އަންފޮލޯ" ކުރުމާ ގުޅިގެންނެވެ. އަދި ސުޕަ ބޯލްގެ ހާފް-ޓައިމް ޝޯގައި ކާޑީ ބީ ބައިވެރިވުމަށްފަހު، މެޗު ނިމުމުގެ ކުރިން ދަނޑުން ނުކުމެގެން ދިޔުމަކީވެސް މި ޝައްކުތައް އިތުރުވި ކަމެކެވެ. މީގެ އިތުރުން، އީ.އެސް.ޕީ.އެންގެ ރިޕޯޓަރަކު ޑިގްސްއާ ގުޅޭގޮތުން ސުވާލުކުރުމުން، ކާޑީބީ ވަރަށް ފިނި ޖަވާބެއް ދިނުމަށްފަހު އެތަނުން ދިޔުމަކީވެސް އެމީހުންގެ މެދުގައި މައްސަލަޖެހިފައިވާކަން ހާމަވި ކަމެކެވެ.
ކާޑީ ބީ އާއި ޑިގްސްގެ ލޯބީގެ ގުޅުން އާންމުންނަށް ހާމަކުރީ މިދިޔަ އަހަރުގެ މެއި މަހުގަ އެވެ. އަދި 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކާޑީ ބީ ވަނީ އޭނާގެ ހަތަރުވަނަ ދަރިފުޅަށް ބަނޑުބޮޑުކަން ހާމަކޮށްފަ އެވެ. މިއީ ޑިގްސްއަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. ކާޑީ ބީގެ ކުރީގެ ފިރިމީހާ އޮފްސެޓަށް ތިން ދަރިން ލިބިފައިވާއިރު، ޑިގްސްގެ އިތުރު ފަސް ދަރިން އެހެން އަންހެނުންނަށް ލިބިފައި ވެއެވެ.
ރައީސް މުއިއްޒު ބަންގްލަދޭޝް އަށް ފުރާވަޑައިގެންފި
މައިމުޅަވުމުން ވެސް ތަރިކައިން ގޯތި ލިބޭ ގޮތް ހަދަން އިސްލާހެއް
ޝައިހު އިބްރާހީމްގެ ހާލު ގޯސްވެ ފަރުވާދެނީ