އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ވިސްނަވަމުންދާ ކަމަށް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ރޭ ވިދާޅުވީ ހަނގުރާމަ ހުއްޓާލަން ވިސްނަނީ އެމެރިކާއިން ކަނޑައެޅި މަގްސަދުތައް ހާސިލްވުމާ ވަރަށް ގާތްވެފައިވުމާ ގުޅިގެން ކަމަށެވެ.
ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ މެދުއިރުމަތީގައި އީރާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމާލުމަށް ގާތް ވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ޒިންމާ ދެން ނަގަންޖެހޭނީ އެ މަގު ބޭނުންކުރާ އެހެން ގައުމުތަކުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވީ އެމެރިކާއިން ހޯރްމޫޒް ކަނޑުއޮޅި ބޭނުން ނުކުރާ ކަމަށާއި، އެހެންކަމުން އެތަން ބަލަހައްޓައި ފޯރިމަރަން ޖެހޭނީ އެތަން ބޭނުންކުރާ ގައުމުތަކުން ކަމަށެވެ.
"އެހީތެރިކަމަށް އެދިއްޖެނަމަ އެމެރިކާއިން އެހީވާނަން. ނަމަވެސް އީރާނުގެ ނުރައްކާ ނައްތާލެވުމުން އެއީ ބޭނުންތެރި ކަމަކަށް ނުވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން އެހެން ގައުމުތަކުން އެ ސަރަހައްދު ބެލެހެއްޓުމަކީ އެ ގައުމުތަކަށް ވަރަށް "ފަސޭހަ އަސްކަރީ އޮޕަރޭޝަނަކަށް" ވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
މި ނިންމުމާއެކު އީރާނުގެ ތެލުގެ މުއާމަލާތްތަކަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދީފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިއީ މެދުއިރުމަތީގެ މަސްރަހަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.

އީރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ހަމަލަ ނުދޭން ގޮވާލައިފި
ދުނިޔޭގެ ތަފާތު ބަސްބަހުން އީދުގެ ތަހުނިޔާ!
އީދުގެ އުފަލުން އެންމެން ހިނިތުން ކުރުވައިފި