ސިނަމާލެ އާއި މާލެހިޔާ ފްލެޓުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަަސައްކަތް ކުރާނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފައި ވަނިކޮށް، އެ ފްލެޓްތަކުގެ މަސައްކަތާ ގުޅޭ ޓެންޑާ ލިޔެކިޔުންތައް ތައްޔާރުކުރުމަށްޓަކާ، އެ ތަންތަނުގެ ތަފްސީލީ އެސެސްމެންޓެއް ހެދުމަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ މި މަސައްކަތަށް ޝައުގުވެރިވާ ރާއްޖޭގެ ކުންފުނިތަކަށާއި ކޮންސަލްޓެންޓުންނަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
މި މަސައްކަތުގެ އާރުއެފްޕީ ކަރުދާސް ވެސް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. އެ ކަރުދާހުގައިވާ ގޮތުން، ސިނަމާލެ އާއި މާލެހިޔާ އިމާރާތްތަކުގެ ހާލަތު ދެނެގަތުމަށް އެ ތަންތަނުގެ ތަފްސީލީ ސްޓްރަކްޗްރަލް، އާކިޓެކްޗަރަލް، މެކޭނިކަލް އަދި އިލެކްޓްރިކަލް އިވެލުއޭޝަނެއް ހަދަން ޖެހެ އެވެ.
އިމާރާތްތައް ހަލާކުވުމުގެ ސަބަބުން ތަނުގައި ދިރިއުޅޭ މީހުންނަށް ހުތި ނުރައްކާތައް ވެސް ދެނެގަންނަން ބޭނުންވާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
މީގެއިތުރުން އިމާރާތްތަކުގެ ތަފްސީލީ އެސެސްމެންޓެއް ހަދާ، އެ ތަންތަން މަރާމާތުކޮށް މެއިންޓެނެންސް މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު ވެސް އެ މަސައްކަތް ކުރާ ފަރާތުން ސަރުކާރަށް ފޯރުކޮށްދޭން ޖެެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެެ 31 ވަނަ ދުވަހުގެ މެންދުރުފަހު 1ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.
ސިނަމާލެ އާއި މާލެ ހިޔާގެ ފްލެޓްތަކުގެ ބަދަލުގައި އާ ފްލެޓްތަކެއް އިމާރާތްކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ މަސައްކަތް މިއަދާހައަށް ވެސް ފަށާފައެއްނުވެ އެވެ. އަދި އެ މަސައްކަތް ފެށޭނެ ދުވަހެއް ވެސް ނޭނގެ އެވެ.
އައްޑޫ އެކްސިޑެންޓް: ހާލު ސީރިއަސްވި މީހާ އޮތީ ވެންޓިލޭޓަރުގައި
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ
އީރާނުގެ އިންޒާރާއެކު ހަމަލާ ނުދޭން ޓްރަމްޕް އަންގައިފި
