މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދެމުން އަންނަ ބަސް ދަތުރުތަކުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ގެންދަން ނިންމައިފި އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެމްޕީއެލްއިން ދެމުން އަންނަ ބަހުގެ ހިދުމަތްތައް އެމްޓިސީސީގެ ދަށަށް ގެންނަން މަޝްވަރާ ކުރަމުންދާތާ މިހާރު ދެތިން މަސް ވެފައިވާ ކަމަށާއި އަދި މިހާރު ދަނީ އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ، މި މޭ ނިމުމުގެ ކުރިިން އެންމެ ފަހުގެ މަޝްވަރާތަށް ކުރެވި، ބަހުގެ ހިދުމަތައް އެމްޓީސީސީގެ ދަށަށް ގެނެވޭތޯ ބަލަމުން އަންނަ ކަމަށެވެ.
އެމްޕީއެލްއިން މިހާރު އަންނަނީ ގްރޭޓާ މާލެ ސަރަހައްދާއި އައްޑޫ އާއި ފުވައްމުލައް އަދި ލ. އަތޮޅުގައި ބަހުގެ ހިދުމަތް ދެމުންނެވެ. އެމްޕީއެލްގެ ބަހުގެ ހިދުމަތްތައް އެމްޓީސީސީގެ ދަށަށް ބަދަލު ކުރާއިރު އެ ހިދުމަތުގައި ބައިވެރިވާ މުވައްޒަފުން ވެސް އެމްޓީސީސީއަށް ބަދަލު ކުރާނެ އެވެ. ނަމަވެސް އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑައެއް ނުވާނެ އެވެ.
ޕީއެންސީގެ ޖަލްސާ އޮތުމުން ސަލަފުގެ ދަރުސް ފަސްކޮށްފި
ރޯޑް ރޭސްގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ދިރާގުން އިނާމު ދީފި
ނިދާ ހޭލާއިރު މޫޑު ގޯސްކޮށް ހުންނަނީ މިހެންވެ ކަމަށް ވެދާނެ!
އުތުރުގެ ފެރީ ހިދުމަތަށް އެމްޓީސީސީން 70 މީހުން
މާލޭގެ ބަހުގެ ހިދުމަތް އެމްޓީސީސީއަށް