އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމު މީގެކުރިން ފުރުއްވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، ފަރުހާދު ފިކުރީ ރިޓަޔާ ކުރައްވަން ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން އަންގަވައިފި އެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ރައީސް މުއިއްޒުގެ ފަރާތުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ފަރުހާދު ފިކުރީއަށް ރިޓަޔާކުރައްވަން އަންގަވާފައިވާ ކަމަށެވެ.
"މި ހަފްތާގެ ތެރޭގައި އަލީ އާރިފް ވަނީ އެ އެންގުން އަންގާފައި،" އޮފިޝަލް ވިދާޅުވި އެވެ.
ފަރުހާދު ފިކުރީ ޕޮލިސް ކޮމިޝަނަރު ކަމަށް ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް އޭނާއަށް އެ މަގާމް ދެއްވަން ރައީސް މުއިއްޒު ބޭނުންފުޅެއްނުވި އެވެ.
ރޭޕް ކޭސްއެއްގައި ހިމެނޭ ފަރުހާދުގެ ދަރިފުޅު ސަލާމަތް ކުރަން ހެކި ނައްތާލި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެ އެވެ. ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑް ސްޓޭންޑަޑް އިން އެ މައްސަލަ ބެލުމުން ސާބިތުވި އެވެ. ނަމަވެސް މަގާމުގެ ނުފޫޒުބޭނުންކޮށްގެން އެ މައްސަލަ ވަނީ އޮއްބާލާފަ އެވެ.
އާޓިފިޝަލް ކިޑްނީއަކުން ކިޑްނީ ބައްޔަށް އާ އުއްމީދެއް!
އެޖެންޑާއާއި ގުޅުވާ މަސްލަހަތު ގެއްލޭ ގޮތަށް ދޮގު ވާހަކަ ނުފަތުރާ
ދަރިން ކިޔެވުމަށް ޝައުގުވެރި ކުރުވަން ކުރެވިދާނެ ދެތިން ކަމެއް!
