އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީއެއްގައި ރައީސް މުހައްމަދު މުއިއްޒާ ލޯބީގެ ގުޅުން ބޭއްވި ކަމަށް ބުނާ އައިޝަތު އީޝާ އަޝްރަފް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
އީޝާގެ ގާނޫނީ ވަކީލު، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
އައިޝާގެ ނަމުގައި އަދަދު ނޫހުން ތައްޔާރުކުރި އެ ޑޮކިޔުމެންޓްރީއާ ގުޅިގެން ފުލުހުން ރޭ ވަނީ އަދަދު ނޫޙުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް އެތަނުގައި ހުރި ހުރިހާ އިލެކްޓޯނިކް ސާމާނުތަކެއް ގެންގޮސްފަ އެވެ.
އެ މައްސަލައާ ގުޅިގެން މާދަމާ ހެނދުނު އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ވެސް ފުލުހަށް ހާޒިރުވާން ވަނީ އަންގާފަ އެވެ. އެ އެންމެންގެ ޕާސްޕޯޓު ވެސް ވަނީ މިހާރު ހިފަހައްޓާފަ އެވެ.
"2026 މާރިޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަ މުހައްމަދު މުއިއްޒު ގަޛުފުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އާއިޝާ މިނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިރުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ،" ފުލުހުންގެ ޗިޓުގައި ބުނެފައިވެ އެވެ.
އެމްޓީސީސީގެ ޑީއެމްޑީ ކަމުން ޝަރީފް ވަކިކޮށްފި
އަކްޝޭ ކުރި ސަމާސާއެއްގެ ސަބަބުން ޖެކްލިން ބޮޑު ހާސްކަމަކަށް
ސްޓެލްކޯގެ އެމްޑީ ކަމަށް އަޒުވަރު އައްޔަންކޮށްފި
