ހަލަބޮލި އަދި ބުރަ ދިރިއުޅުމެއްގައި އުޅޭއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ މުހިއްމު އެއް ކަމަކީ ހަމަ ނިދި ހޯދުމެވެ.
އެހެން ނަމަވެސް ސިއްހަތަށް އެންމެ ފައިދާ ހުރީ ކިތައް ގަޑިއިރު ނިދުމުން ކަމާއި، އަދި އަވަހަށް ނިދުމަށްޓަކައި ކުރަންވީ ކޮންކަމެއް ކަމާމެދު ގިނަ މީހުންގެ މެދުގައި ކުށްހީތައް ކުރެވިފައި އޮވެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ތަކުން ދައްކާ ގޮތުގައި ފުރާވަރުގެ މީހަކަށް ރެއަކާ ދުވާލު އެންމެ މަދުވެގެން ވެސް 7 ގަޑިއިރާއި 9 ގަޑިއިރާ ދެމެދުގެ ނިދި ބޭނުންވެ އެވެ. މިއަށްވުރެ މަދުން ނިދުމަކީ ހިތުގެ ބަލިތަކާއި، ހަކުރުބަލި އަދި ނަފްސާނީ ބަލިތަކަށް މަގުފަހިވާ ކަމެކެވެ.
އެހެން ނަމަވެސް މި މުއްދަތަށް ނިދި ލިބުނު ކަމުގައި ވިޔަސް ނިދީގެ ފެންވަރު ނުވަތަ "ސްލީޕް ކޮލިޓީ" ރަނގަޅު ނޫންނަމަ ހަމަ އެ ބަލިތަކަށް މަގުފަހިވެ އެވެ.
ރޭގަނޑު އަރާމު ނިންޖެއް ހޯދުމަށްޓަކައި ނިދުމުގެ ކުރިން އަމަލުކުރާނެ ހާއްސަ "ނައިޓް ރޫޓީން" އެއް ނުވަތަ އާދަތަކެއް ގެންގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަރާމު ނިންޖަކަށް ނިދުމުގެ ކުރިން ކުރެވިދާނެ ކަންތައްތައް
- ސްކްރީންތަކާ ދުރުވުން: ނިދުމުގެ މަދުވެގެން 1 ގަޑިއިރު ކުރިން މޮބައިލް ފޯނު، ޓީވީ އަދި ކޮމްޕިއުޓަރު ފަދަ ތަކެތި ބޭނުންކުރުން ހުއްޓާލާށެވެ. މި ތަކެތިން ނުކުންނަ "ބްލޫ ލައިޓް" ގެ ސަބަބުން ނިދަން އެހީތެރިވެދޭ ހޯމޯން އެއް ކަމަށްވާ މެލަޓޮނިން އުފެދުމަށް ހުރަސްއެޅެ އެވެ.
- ކެފެއިން އާއި ދުރުވުން: ހަވީރު 4 ގެ ފަހުން ކޮފީ، ސައި ނުވަތަ ހަކުރު ގިނައިން އެކުލެވޭ ބުއިންތައް ބޭނުން ކުރުން މަދުކުރަން ޖެހެ އެވެ. ކެފެއިންގެ އަސަރު ހަށިގަނޑުގައި ގިނައިރު ހުރުމަކީ ނިދަން އުނދަގޫވާ ސަބަބެކެވެ.
- ކޮޓަރީގެ މާހައުލު ހަމަހިމޭން ކުރުން: ނިދާ ކޮޓަރިއަކީ އަނދިރި، ފިނި އަދި ހަމަހިމޭން ތަނަކަށް ހަދާށެވެ. މަޑު މިއުޒިކެއް ނުވަތަ ފޮތެއް ކިޔުން ފަދަ ކަމަކުން ސިކުނޑި ހަމަ ޖައްސާލެވިދާނެ އެވެ.
- ނިދާ ވަގުތު އެއްވަރެއްގައި ހިފެހެއްޓުން: ކޮންމެ ދުވަހަކުވެސް (ބަންދު ދުވަސްތައް ހިމަނައިގެން) އެއް ގަޑިއަކަށް ނިދަން އޮށޯތުމާއި އެއް ގަޑިއަކަށް ހޭލުމަކީ ހަށިގަނޑުގެ ބަޔޮލޮޖިކަލް ކްލޮކް ރަނގަޅަށް މަސައްކަތްކުރުމަށް އެހީވެދޭ ކަމެކެވެ
.ހަމަނިދި ލިބުމަކީ ހަމައެކަނި ވަރުބަލިކަން ފިލުވައިދޭ ކަމެއް ނޫނެވެ. އެއީ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ، ހަނދާން ގަދަ ކޮށްދީ އަދި ދުވާލުގެ ވަގުތު ތަކުގައި މީހާގެ އުފެއްދުންތެރިކަން އިތުރު ކޮށްދޭ މައިގަނޑު އަސާސެވެ. އެހެންކަމުން، ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ނިދުމަށް ހާއްސަ ސަމާލު ކަމެއް ދިނުން މުހިއްމެވެ.
އިންޑިއާގެ ދަރިވަރަކު ދިވެހި އިސްލާމް މާއްދާއިން އޭ ހޯދައިފި
ލަކްޝްއާއި އަނަންޔާގެ "ޗާންދު މޭރާ ދިލް"އަށް މަޑު ފެށުމެއް!
ގިނަގިނައިން "ސަޕްރައިޒް" ދޭން ޖެހޭ ސަބަބު މިއޮތީ!