އެމްއެމްއޭގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިއަދު ކުރިއަށް ދާނީ ކުޑަކުދީންނަށް ޚާއްސަ ގިނަ ކަންތައްތަކެއް ހިމަނައިގެން ކުޑަކުދިންގެ ހަވީރަކާއެކު ކަމަށް އެ ބޭންކުން ބުނެފި އެވެ.
ކުޑަކުދިންގެ ހަވީރުގައި ތަފާތު އެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޅިވަރުގެ އިތުރުން އެތައް އިނާމެއް ލިބިގެންދިއުމުގެ ފުރުސަތު އޮތް ކަމަށް އެމްއެމްއޭ އިން ހާމަކުރެ އެވެ. ކުޑަކުދިންގެ ހަވީރު ފަށާނީ މިއަދު ހަވީރު 4-6 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ކުރިއަށް ދާއިރު އެކްސްޕޯގެ މައި ހަރަކާތްތައް ވެސް ކުރިއަށް ދާނެ އެވެ. އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޭގަނޑު 10:00 ގައި ސެންޓްރަލް ޕާކުގައި ހަވާ ވެސް އަރުވާނެ އެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ފެށީ ބުރާސްފަތި ދުވަހު އެވެ. މި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް 25000 ރުފިޔާގެ ފައިސާގެ އިނާމް ކޮންމެ ދުވަހަކު ލިބުމުގެ ފުރުސަތު އޮވެ އެވެ. އަދި ކޮންމެ ދުވަހަކު ފަސް އައިޕެޑާއި އެ ނޫންވެސް އެތައް އިނާމެއް ހުށަހެޅިފައިވެ އެވެ.
ރާއްޖެއަށް އެކްސްޕޯޓުކުރާ ތެލުން ނަގާ ޓެކުހެއް މައާފުކޮށްފި
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ އުސޫލެއް
