ގަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށްޓަކައި މިއަދު ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒު، ގަތަރަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅަކީ އިއްޔެގެ ވަގުތެއްގައި އަވަހާރަވި ގަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދުގެ ވަކިވެދިއުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ގަތަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއަށާއި ޝާހީ އާއިލާއަށް ދިވެހިރާއްޖޭގެ ފަރާތުން ސީދާ ތައުޒިޔާ ރައްދުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް މުއިއްޒު ވަނީ މީގެ ކުރިން ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް، ޝައިޚް ޙަމަދުގެ ލީޑަޝިޕްގެ ދަށުން ގަތަރަށް ހޯއްދަވައިދެއްވި ކުރިއެރުންތައް ފާހަގަކުރައްވައި ތައުޒިޔާ ފޮނުއްވާފަ އެވެ.
އުމުރުފުޅުން 74 އަހަރުގައި އަވަހާރަވި ޝައިޚް ޙަމަދުގެ ޖަނާޒާގެ ކަންކަމުގައާއި ޝާހީ އާއިލާގެ ހިތާމައިގައި ބައިވެރިވުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސް ވެރިންނާއި އިއްޒަތްތެރިން ވެސް މިހާރު ދަނީ ގަތަރުގެ ވެރިރަށް ދޯހާއަށް ވަޑައިގަންނަވަމުންނެވެ.
ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް 7 ދަރިވަރަކަށް
އެކްސިޑެންޓްވި މީހާ ނިޔާވީ ޓްރެއިލަރު ލޮރީއެއްގެ ދަށުވެގެން