ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްގެ އާ ފިލްމު "ޑިގާ"ގެ އޮފިޝަލް ޓްރެއިލާ އާންމު ކޮށްފި އެވެ. އޮކްޓޯބަރު 2 ގައި ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި ޓޮމް ކްރޫޒް ފެނިގެން ދަނީ މުޅިން ތަފާތު، ފުރަތަމަ ފެނިލުމުން ފާހަގަ ކުރަންވެސް ދަތި ސިފައެއްގަ އެވެ.
އޮސްކާ އެވޯޑު ހާސިލުކޮށްފައިވާ މަޝްހޫރު ޑައިރެކްޓަރު އަލެހަންޑްރޯ ގޮންޒާލޭޒް އިނާރިތޫ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ތިމާވެށްޓަށް އަންނަ ބަދަލުތަކަށް މަކަރުވެރިކޮށް އަމަލުކުރާ ގޮތްތަކުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ސިޔާސީ ކޮމެޑީ އަދި ސެޓަޔާ ފިލްމެކެވެ.
މި ފިލްމުގައި ޓޮމް ކްރޫޒް ކުޅެނީ "ޑިގާ ރޮކްވެލް" ނަމަކަށް ކިޔާ މަހުޖަނެއްގެ ރޯލެވެ. އޭނާގެ ކުންފުނީގެ ސަބަބުން ގްރީންލޭންޑްގެ ގްލޭޝާއެއް ގުޑައި، މުޅި ދުނިޔެއަށް ތިމާވެށީގެ ބޮޑު ކާރިސާއެއް ކުރިމަތިވެ އެވެ.
މި ކާރިސާއިން ސަލާމަތްވުމަށްޓަކައި އެމެރިކާގެ ރައީސް (ޖޯން ގުޑްމަން) އާއި ސަރުކާރުން 18 ޓްރިލިއަން ޑޮލަރު ހަރަދު ކުރަންޖެހޭ ހިސާބަށް ކަންކަން ދެ އެވެ. އެހެން ނަމަވެސް ޑިގާ މަސައްކަތް ކުރަނީ އޭނާއަކީ ދުނިޔެ ސަލާމަތް ކުރެވޭނެ ހަމައެކަނި މީހާކަން ސާބިތު ކޮށްދިނުމަށެވެ.
ޓްރެއިލާ އާންމު ވުމާއެކު ފޭނުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފަ އެވެ. ގިނަ ބަޔަކު ބުނަމުންދަނީ މިއީ "ޓްރޮޕިކް ތަންޑާ" އަށްފަހު ޓޮމް ކްރޫޒްގެ ސިފައަށް މިފަދަ ބޮޑު ބަދަލެއް ގެނައި ފުރަތަމަ ފަހަރު ކަމަށެވެ.
އެއާއެކު މި ރޯލުން އޭނާއަށް އޮސްކާ އެވޯޑެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށްވެސް ސޯޝަލް މީޑިއާގައި ފޭނުން އަންނަނީ ބުނަމުންނެވެ.
މި ފިލްމުގައި ޓޮމް ކްރޫޒްގެ އިތުރުން ސަންޑްރާ ހުލާ، މައިކަލް ސްޓުހްލްބާގް، ޖެސީ ޕްލެމަންސް އަދި އެމާ ޑިއާސީ ފަދަ މަޝްހޫރު ތަރިން ފެނިގެންދާނެއެވެ.
އެމްބާޕޭ ފިޓު، ސެމީގައި ފެންނާނެ: ޑެޝޯމްޕްސް
ވޯލްޑް ކަޕްގެ ނިންމުންތަކާ މެދު އަމީތާބު ހިތްހަމަ ނުޖެހިއްޖެ
ޔޫއޭއީގެ ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ