އެމެރިކާއިން އިރާނަށް ދެމުންދިޔަ އަސްކަރީ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލުމާ ގުޅިގެން، އެމެރިކާގެ ހަމަލާތައް ހުއްޓިފައި އޮތްހާ ހިނދަކު އިރާނުން ވެސް ރައްދު ހަމަލާ ނުދޭނެ ކަމުގެ އިޝާރާތެއް ދިނުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 ޕަސެންޓަށްވުރެ ބޮޑަށް ދަށްވެއްޖެ އެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ހޯދުމަށް ގަތަރާއި އޯމާން މެދުވެރިކޮށް ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ތެލުގެ ބާޒާރަށް ވަނީ ބޮޑު ހަމަޖެހުމެއް އައިސްފަ އެވެ.
މި ބަދަލާއެކު ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ވަނީ ފީފާއަކުން 5.7 ޕަސެންޓް ވެއްޓި 91.20 ޑޮލަރަށް ދަށްވެފަ އެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިއުޓީއައި) ކްރޫޑްގެ އަގު ވަނީ 5.5 ޕަސެންޓް ދަށްވެ، ފީފާއެއް 84.40 ޑޮލަރަށް ވެއްޓިފަ އެވެ.
ދެ ހަފުތާއަށް ދެމިގެންދިޔަ ކުރިމަތިލުންތަކަށްފަހު ދެ ގައުމުން ވެސް ހަމަލާތައް މެދުކަނޑާލުމުން، ތެލުގެ ވިޔަފާރީގެ 20 ޕަސެންޓް ހިއްސާކުރާ ހޮރްމުޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރަށް ކުރިމަތިވެފައިވި ބުރޫތަކަށް ހައްލެއް ލިބޭނެ ކަމުގެ އުއްމީދު ވަނީ ބޮޑުވެފަ އެވެ. އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ސުލްހައިގެ ވަގުތީ އެއްބަސްވުން ދެމިއޮވެއްޖެނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ތެލުގެ އަގު އިތުރަށް ހަމައަކަށް އެޅޭނެ އެވެ. ނަމަވެސް މަސްރަހު އަލުން ގޯސްވެއްޖެނަމަ ބާޒާރަށް އަނެއްކާވެސް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް މާކެޓް އެނަލިސްޓުން ބުނެ އެވެ.
ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހުން ޖޫރިމަނާކޮށްފި
ހަތިޔާރު މަދުވި ކަމަށް ބުނާ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި
ދިރާގުން މިނިވަން ދުވަހާ ގުޅުވައިގެން ހާއްސަ އޮފާތަކެއް