އިންޑިއާގެ ރިއަލިޓީ ޝޯ "ބިގް ބޮސް 11" ގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔަ ދެ ތަރިން ކަމަށްވާ ހީނާ ޚާން އާއި ޝިލްޕާ ޝިންޑޭ އަލުން އެކުގައި ރިއަލިޓީ ޝޯއަކުން ފެނިއްޖެ އެވެ.
އެކްތާ ކަޕޫރުގެ މަޝްހޫރު ޝޯ "ލޮކް އަޕް"އިން އެ ދެތަރިން ފެނިގެންދިޔަ އިރު، ޝިލްޕާ އަކީ މި ޝޯގައި ވަރަށް "ސްމާޓް" ނުވަތަ ވިސްނުންތޫނު ކުޅުންތެރިއެއް ކަމަށް ހީނާ ވަނީ އެއްބަސްވެފަ އެވެ.
އެކްތާ ކަޕޫރުގެ "ލޮކް އަޕް" ޝޯއަށް ހީނާއާއި އޫރްފީ ޖާވެދު ވަނީ "ޖަންތާ ކީ އަވާޒް" (އާންމުންގެ އަޑު)ގެ ގޮތުގައި ވަދެފަ އެވެ. މިއީ 2017 ވަނަ އަހަރުގެ ބިގް ބޮސް 11 އަށްފަހު ހީނާ އާއި ޝިލްޕާ ބައްދަލުވި ފުރަތަމަ ފަހަރެވެ.
ޝޯގެ ބެލުންތެރިން ބޮޑު ތަޅާފޮޅުވުމަކަށް އިންތިޒާރުކުރި ނަމަވެސް، ހީނާ ވަނީ ޝޯގެ ޑޭންޖާ ޒޯންގައި ތިބި ފަސް ބައިވެރިންނާ ވާހަކަ ދައްކަމުން ޝިލްޕާގެ ކުޅުމަށް ނުވަތަ "ގޭމްޕްލޭ" އަށް ތައުރީފު ކޮށްފަ އެވެ.
ހީނާ ޝޯގެ ބައިވެރިންނަށް އިރުޝާދު ދެމުން ބުނީ، އެހެން ބައިވެރިން ޝިލްޕާ ދެކެ ބިރުގަނެ، ހުރިހާ ފުރުސަތެއް އޭނާއަށް ދިނުމުގެ ބަދަލުގައި އަމިއްލައަށް "ކިންގް މޭކަރުންނަށް" ވާންޖެހޭ ކަމަށެވެ.
މިކަމާ ގުޅިގެން އޫރްފީ ޖާވެދު، އެއީ ޝިލްޕާ ކުރިއަރައިގެން ދިއުމަށް އެހެން ބައިވެރިން ޖާގަދޭ ވާހަކަތޯ ސުވާލުކުރުމުން ހީނާ ބުނީ އެކަމުގެ ކްރެޑިޓް އޭނާއަށް ދޭން ބޭނުން ކަމަށާއި ޝިލްޕާއަކީ ވަރަށް ވަރަށް ސްމާޓް (ވިސްނުންތޫނު) ކުޅުންތެރިއެއް ކަމަށެވެ.
އެއާއެކު ނެގެޓިވްކޮށް ނުވަތަ ޕޮޒިޓިވްކޮށް ވިޔަސް، ޝޯއަށް އެންމެ ބޮޑު ހިއްސާއެއްވާ ބައިވެރިއަކީ ޝިލްޕާ ކަމަށް ހީނާ އެއްބަސްވި އެވެ.
ވްޝިލްޕާގެ ކުޅުމަށް ހީނާ ތައުރީފުކުރި ނަމަވެސް، އެލިމިނޭޝަނުން ސަލާމަތްކުރުމަށް ހީނާ އާއި އޫރްފީ އިހްތިޔާރުކުރީ ވަރުން ޔާދަވް (ލައިލާ) އެވެ. ހީނާ ބުނި ގޮތުގައި ވަރުން ސޭވްކުރީ އޭނާ ދޭ އެންޓަޓެއިންމަންޓުގެ ސަބަބުންނެވެ.
ނަމަވެސް، ފަހުން ޖެއިލަރުން ކަމަށްވާ ރިތޭޝް ދޭޝްމުކް އާއި ފަރާ ހާން ވަނީ ޝިލްޕާ ސޭވްކޮށް، އޭނާގެ ރޭވުންތެރި ކަމަށް ތައުރީފު ކޮށްފަ އެވެ.
ބިގް ބޮސް 11 ގެ ދުވަސްވަރު ހީނާ އާއި ޝިލްޕާގެ ދެމެދުގައި ވަރަށް ބޮޑު ހަނގުރާމައެއް ހިނގި އެވެ. ދެ ތަރިންގެ ސަޕޯޓަރުންގެ ދެމެދުގައިވެސް ސޯޝަލް މީޑިއާގައި ބޮޑެތި ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވުނެވެ.
ހަމަލާތައް މެދުކަނޑާލުމާއެކު ތެލުގެ އަގު 5 ޕަސެންޓަށް ދަށްވެއްޖެ
ޔުކްރެއިނުގެ ހަމަލާއަށް ރައްދު ދޭނެ ކަމަށް އީރާނުން ބުނެފި
ނޯލަންގެ "ދަ އޮޑިސީ" އޮންލައިންކޮށް ލީކު ކޮށްލައިފި