އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށްބުނާ ފަރާތްތަކުގެ ލިސްޓް އެމައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުއްވީ ޒިންމާދާ ކަމެއް ނެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުއްވުމުން މަޖިލީހުން އެލިސްޓްވަނީ އާންމުކޮށްފަ އެވެ. އެކަމާ ގުޅިގެން އެލލިސްޓްގައި ނަށް ހިމެނޭ ގިނަ ފަރާތްތަކުން އެކަމުގައި ބައިވެރިވެފައިނުވާ ކަމަށް ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިޝް އަބުދުﷲ ރިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ އެފަރާތްތަކާ ސުވާލު ކުރުމެއް ނެތި ލިސްޓްގައި ނަން ހިމަނައިގެން މަޖިލީހަށް ފޮނުވާފައިވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. މިކަމުގެ ސަބަބުން އެފަރާތްތަކުގެ އިޔާދަނުކުރެވޭ ފަދަ ގެއްލުމެއް ވެސް ލިބިގެން ގޮސްދާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ ލިސްޓްގައި ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން ހިމެނޭއިރު ކުރީގެ މިނިސްޓަރުންގެ އިތުރުން މިހާރުގެ މިނިސްޓަރުންގެ ނަން ވެސް އެ ލިސްޓްގައި ވަނީ ހިމަނައިފަ އެވެ. އަދި މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ބޭފުޅުންގެ ނަމާއި ކުރީގެ ފަޑިޔާރުންގެ ނަން ވެސް އެ ލިސްޓްގައި ހިމެނެ އެވެ.
މިލިސްޓާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވަނީ ލިސްޓްގައި ނަަން ހިމެނިފައިވީ ނަމަވެސް އެ މީހަކީ ކުށްވެރިވާ މީހެއް ނޫން ކަމަށެވެ. ލިސްޓް އާންމުކުރުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުން މަޖިލީހަށް ވަނީ އަމާޒުވެފަ އެވެ.
ތިމާގެ ނާގާބިލް ކަމާ، ކަންނެތް ކަމާ ހެދި ޒިންމާ އަދާ ނުކުރެވި، އަނދަވަޅަށް އަގަވަތަށް ވެއްޓިގެންދާ ދަނޑިވަޅު ގައި ވީހާ ވެސް ގިނަ ބަޔަކަށް ދެވުނު އަނިޔާއަށް ދީ ބަދުނާމުކޮށް އަބުރު ކަތިލައި ހެދުމަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުން ފެންނަން ހުރި މިސާލުތަކެއް. މިފަދަ ފެއިލިއަރުން ގަބޫލު ކުރާގޮތުގައި އޭރުން އެމީހުންނަށް ލިބޭ ގެއްލުން ކުޑަވާނެ. މިއީ ނަފްސް ބަލިކަށި މީހުންގެ ސިފައެއް. މިފަދަ އަމަލު ތައް ހިންގާމީހުން މި ކުޑަ ކުޑަ މުޖްތަމައު ގައި އުޅޭކަން މިފެންނަނީ.