އިންޑިއާގެ އުއްތަރު އަދޭޝްގެ ރާމްޕޫރުގައި ހުންނަ މުހައްމަދު އަލީ ޖައުހަރު ޔުނިވަސިޓީގެ 40 އިމާރާތުގެ ތެރެއިން 38 އިމާރާތެއް މުގުރާލަން ނިންމި ނިންމުމާ ދެކޮޅަށް އެ ގައުމުގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި އާންމުން ނުކުމެ އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ވެރިރަށް ނިއު ދިއްލީއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ރާމްޕޫރުގައި ކުރިއަށްދާ މި އިހުތިޖާޖުގައި، ޖުލައި މަހުގެ ގަދަ ހޫނުގައި ވެސް 100 އަށްވުރެ ގިނަ މީހުން ވަނީ ސިޓީ މާރާމާރީއާއި ދެކޮޅަށް އަޑުއުފުލައި ގައުމީ ދިދަ ނަގައިގެން އިށީނދެގެން ތިބެ މުޒާހަރާކޮށްފަ އެވެ. މިއީ ތައުލީމީ އިސްލާހުތަކަށް އެދި ދިއްލީގައި ކުރި މުޒާހަރާތަކުގެ ސަބަބުން ވަޒީރު އަލީން އިސްތިއުފާ ދެއްވަން ޖެހުނު ދަނޑިވަޅާ ދިމާކޮށް ހިންގާ ހަރަކާތެކެވެ.
އިނގިރޭސިވިލާތުގެ އިސްތިއުމާރާ ދެކޮޅަށް މަސައްކަތް ކުރެއްވި މިނިވަންކަމުގެ މުޖާހިދެއްގެ ނަމުން ނަންދެވިފައިވާ މި ޔުނިވަސިޓީއަކީ މަޝްހޫރު މުސްލިމް ސިޔާސީ ލީޑަރެއް ކަމަށްވާ އަޒަމް ޚާން 2003 ވަނަ އަހަރު އުފެއްދެވި މުހައްމަދު އަލީ ޖައުހަރު ޓްރަސްޓުގެ ދަށުން 2006 ގައި ގާއިމުކުރި ތަނެކެވެ. ނަމަވެސް ރާމްޕޫރު ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން މި މަހުގެ 15 ގައި އެންގީ ގަވާއިދާ ހިލާފަށް އިމާރާތްކޮށްފައިވާ ކަމަށް ބުނެ، އޮގަސްޓް 5 ގެ ކުރިން އެ އިމާރާތްތައް ތަޅާލުމަށެވެ. ގަވާއިދާ އެއްގޮތަށް ހަދާފައި ވަނީ މެޑިކަލް ކޮލެޖު ބްލޮކާއެކު އެންމެ ދެ އިމާރާތް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ހަމައެއާއެކު އަމިއްލައަށް އިމާރާތްތައް ނުތަޅައިފިނަމަ ބުލްޑޯޒަރު ބޭނުންކޮށްގެން ތަޅާލައި، އޭގެ ހަރަދު ޔުނިވަސިޓީން އަތުލާނެ ކަމަށް ވަނީ އަންގައިފަ އެވެ. އެ އެންގުމަށް ވަގުތީ ސަސްޕެންޝަނެއް ދިން ނަމަވެސް ނިންމުން ބާތިލެއް ނުކުރެ އެވެ.
ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޒަހީރުއްދީން އަލްޖަޒީރާއަށް ވިދާޅުވީ، ވަގުތީ ފިޔަވަޅުގެ މާނައަކީ ތަޅާލުން ހުއްޓާލުން ނޫން ކަމަށާއި، އެއީ އޮގަސްޓް 5 ގެ ސުންގަޑި ފަސްވުން އެކަނި ކަމަށެވެ. އެހެންވެ ޔުނިވަސިޓީން މިހާރު މަސައްކަތް ކުރަނީ އެ އަމުރު މުޅިން ބާތިލުކުރުމަށް ކޯޓު ހުކުމެއް ހޯދުމަށެވެ.
ހަންގަނޑު ހިކެނީ އޭސީގެ ސަބަބުން ކަމަށް ވެދާނެ!
ތިލަފުށީގެ ކުނި ކުނބުރުދުއަށް ގެންދާތީ ހުށަހެޅި މައްސަލަ ބޭރު