ހުޅުމާލެ ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައިވާ ގޮތުން، މިދިޔަ މަހުގެ 27 ވަނަ ދުވަހު ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި މި އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މި މައްސަލަ ފެންމަތިވެގެން ދިޔައީ ހިޔާ ފްލެޓެއްގެ ބެލްކަނީގައި ދެ މީހަކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.
މީސްމީޑިއާގައި ދައުރުވި އެއް މިނެޓު ވެސް ހަމަނުވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހުން އެ އަމަލު ހިންގާފައި ވަނީ ދުވާލުގެ ވަގުތެއްގަ އެވެ.
އދ. ގެ ބައްދަލުވުމަށް ދިއުމަށް އީރާނުގެ ވެރިންނަށް ވިސާ ދީފި
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ގޭބަންދަށް
މީގެ 25000 އަހަރު ކުރިން ވެސް އިންސާނުން ދުފައި އުޅުނު!