ށ. ފުނަދޫގައި ހިންގާ ހަމައެކަނި ޕެޓްރޯލް ޝެޑުގައި މިދިޔަ އާދިއްތަ ދުވަހު އަލިފާން ރޯވާން މެދުވެރިވި ސަބަބަކީ ޑީބޯޑުގައި ކަރަންޓު ޝޯޓުވުން ކަމަށް ބެލެވޭ ކަމަށް އެ ތަނުގެ ވެރިފަރާތުން ބުނެފި އެވެ.
އެ ރަށު ބަނދަރު ސަރަހައްދުގައި ހުންނަ "ފަތްމިނި" ޕެޓްރޯލް ޝެޑުގައި ހެނދުނު ރޯވި މި ބޮޑު އަލިފާނުގެ ހާދިސާގައި ޝެޑު އެއްކޮށް އަނދައި އަޅިއަށް ވެފައިވާއިރު، އަލިފާންގަނޑު ފެތުރިގެން ގޮސް ކައިރީގައި ހުރި މީހުން ދިރިއުޅޭ ގެއަކަށާއި، ތިން ގަރާޖަކަށް އަދި ސައިކަލަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
އެ ތަން ހިންގާ މުހައްމަދު ވިޝާލް ބުނި ގޮތުގައި، ފުލުހުން މިހާތަނަށް ބެލި ބެލުމުން ވެސް އަލިފާން ރޯވާން މެދުވެރިވީ ޑީބޯޑުގައި ކަރަންޓު ޝޯޓުވެގެންނެ އެވެ.
މި ހާދިސާގައި ލިބުނު މާލީ ގެއްލުމުގެ ފުރިހަމަ ތަފުސީލު އަންދާސާ ކުރެވިފައި ނުވި ނަމަވެސް، މުޅި ތަން އެއްކޮށް އަނދައި ހުލިވުމުން ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އޭނާ ފާހަގަކުރި އެވެ. އަދި އެ ތަނަށް އެންމެ ފަހުން ތެޔޮ އެޅީ މިދިޔަ ހަފުތާގައި ކަމަށާއި، ހާދިސާ ހިނގީ ޕެޓްރޯލް ރީ-ފިލް ކުރަން ހަމަޖެހިފައި އޮތް ދުވަހު ކަމަށް ވެސް އޭނާ ބުންޏެވެ.
މި ހާދިސާގައި އަލިފާން ފެތުރުނު ގޭގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާއިރު، ސިއްހީ އެކި މައްސަލަތަކާއި ސޮކްވުމުގެ ސަބަބުން 18 މީހަކަށް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ އެވެ.
މީގެއިތުރުން މައްސަލައިގެ ތަހުގީގު ފުޅާކޮށް ހާދިސާ ހިނގި ގޮތް ތަހުގީގު ކުރުމަށް ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް މިހާރު ވަނީ ފުނަދުއަށް ގޮސްފަ އެވެ.
ސީއައިޑީގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ބީޕީ ސިންގް މަރުވެއްޖެ
ތޫފާން "އަރްނަބް" އިންޑިއާގެ އަންދްރަ ޕްރަދޭޝަށް އަރައިފި
ދިވެހިރާއްޖެ ތޫފާނެއްގެ ތުންފަތް މައްޗަށް!
ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލައިފި
އަލިފާނުގެ ހާދިސާގައި 18 މީހަކަށް އެކިވަރުގެ އަނިޔާވެ ފަރުވާދެނީ
ފުނަދޫގައި 4 ގެޔަކަށާއި 5 ގަރާޖަށް އަލިފާނުގެ އަސަރުކޮށްފި
ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެ އަނދަނީ