މިއަދު ހެނދުނު ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާންގަނޑު މިހާރު އެއްކޮށް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ހުރި 4 ގެޔަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފަ އެވެ.
ރޯވެފައިވާ އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު، މި ހާދިސާގައި 1 ގެއެއް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. ކައިރީގައި ހުރި އިތުރު 3 ގެއަކަށް ވެސް ވަނީ އަލިފާނުގެ ސަބަބުނަ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.
މި އަލިފާނުގެ ހާދިސާގައި 18 މީހަކަށް ދުމުގެ އަސަރުކޮށްގެން ވަނީ ފަރުވާ ވެސް ދީފަ އެވެ.
ހާދިސާގައި އަނިޔާވި 18 މީހުންނަށް ދުމުގެ އަސަރުކުރުމުގެ އިތުރުން ބައެއް މީހުންނަށް ކުދި އަނިޔާތައްވެސް ލިބިފައިވާ ކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ވަނީ "ހުރިހާ" އަށް ބުނެފަ އެވެ.
ހަމައެއާއެކު ހާދިސާ ހިނގި ސަރަހައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ހުރި ގޭގޭގެ މީހުން ވަނީ ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައި ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.
ފިޓްނަސް ޕްލޭންއަށް އޭއައި ބޭނުން ކުރުން: ސަމާލުވާންވީ 5 ކަމެއް!
އާރަވްއާއި އަނަންޔާގެ އާ ފޮޓޯތަކާއެކު ލޯބީގެ އަޑުތައް ގަދަވެއްޖެ
ފުނަދޫގައި 4 ގެޔަކަށާއި 5 ގަރާޖަށް އަލިފާނުގެ އަސަރުކޮށްފި
އަލިފާނުގެ ހާދިސާގައި 18 މީހަކަށް އެކިވަރުގެ އަނިޔާވެ ފަރުވާދެނީ
ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެ އަނދަނީ