މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު، މި އަހަރުގެ ސެޕްޓެންބަރު މަހު ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިގްތިސާދީ އުފެއްދުންތެރިކަން 48.0 ޕަސެންޓް ދަށްވެފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްބީއެސްއިން އާންމުކުރި 'މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތު' (އެމްއައިއީޖީ) ރިޕޯޓުގައިވާ ގޮތުން، ސެޕްޓެންބަރު މަހު މަސްވެރިކަމުގެ ދާއިރާގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ އަގު ހުރީ 132 މިލިއަން ރުފިޔާގަ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ބޮޑު ވެއްޓުމެއް ނަމަވެސް، މި އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު ސެޕްޓެންބަރުގައި އެ ދާއިރާގެ ހަރަކާތްތައް ވަނީ 26.3 ޕަސެންޓް ކުރިއަރާފަ އެވެ.
ރިޕޯޓުގައި ހިމެނޭ ސިނާއަތްތަކުގެ ތެރެއިން އަހަރުން އަހަރަށް އެންމެ ބޮޑު ދަށްވުމެއް ރެކޯޑުކޮށްފައި ވަނީ މަސްވެރިކަމުގެ ދާއިރާއިންނެވެ. އެގޮތުން ސެޕްޓެންބަރު މަހު ރާއްޖޭގެ ޖުމްލަ އިގްތިސާދީ ކުރިއެރުމަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރީ ވެސް މަސްވެރިކަމުން ކަމަށް އެމްބީއެސްއިން ފާހަގަކުރެ އެވެ.
ޖުމްލަ އިގްތިސާދީ ކުރިއެރުމުން މަސްވެރިކަމުގެ ދާއިރާއިން 1.5 ޕަސެންޓް ޕޮއިންޓް އުނިކޮށްފައިވާއިރު، ދެން އެންމެ ބޮޑަށް ދަށްވި އެކޮމޮޑޭޝަން އަދި ކާބޯތަކެތީގެ ހިދުމަތްތަކުގެ ދާއިރާއިން އުނިވެފައި ވަނީ 0.1 ޕަސެންޓް ޕޮއިންޓެވެ.
ހަމައެއާއެކު 2019 ވަނަ އަހަރުގެ އަގުތަކަށް ބިނާކޮށް އެކުލަވާލާފައިވާ އެމްއައިއީޖީގެ ހިސާބުތައް ދައްކާ ގޮތުން، ސެޕްޓެންބަރު މަހު ރާއްޖޭގެ ޖުމްލަ އިގްތިސާދީ އުފެއްދުންތެރިކަން ހުރީ 8،512 މިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 4.0 ޕަސެންޓުގެ ކުރިއެރުމެކެވެ.
ރޭޕްގެ ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށް
މިނިސްޓަރު މުއްތަލިބު މަޖިލީހަށް ގެންދެވި ދަބަހުގައި އޮތީ ބޫޓެއް