މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކާ މިރޭ ކައިވެނި ބައްލަވައިގެންފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ގާސިމް 73، އަލަށް ކައިވެނި ބައްލަވައިގެންނެވީ މާމިގިލީ އެއާޕޯޓުގައި ކުރިން ވަޒީފާ އަދާކުރި، އެ ރަށު ހަޒާރުމާގެ، ރާނިއާ އަބްދުލް ހަމީދު އާ އެވެ. މިއީ ރާނިއާގެ އަލަތު ކައިވެންޏެވެ.

ގާސިމް އާއި ރާނިއާގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވީ ސަން އައިލެންޑްގެ ރިސޯޓުގައި

ގާސިމްގެ ކައިވެނީގެ ރަސްމިއްޔާތު އޮތީ މިރޭ ސަން އައިލެންޑް ރިސޯޓުގަ އެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ދައުވަތު ދިނީ ވަރަށް މަދު ބަޔަކަށް ކަމަށްވެ އެވެ.

ގާސިމް އެ ކައިވެނިކުރެއްވީ ތިން އަނބިކަނބަލުން ތިއްބަވަ އެވެ. ގާސިމްގެ ފަސް ބަނޑުގައި 14 ބޭފުޅުން ތިއްބަވަ އެވެ.