ވޮޝިންޓަން (30 މެއި) - އެމެރިކާ ސަރުކާރުން އިޒްރޭލަށް ދެމުން އަންނަ އެހީތައް ހުއްޓާލުމަށް ގޮވާލައި، އެ ގައުމުގެ އެތައް ހާސް ބަޔަކު ވޮޝިންޓަންގެ މަގުތަކުގައި މުޒާހަރާ ކޮށްފި އެވެ.
އެމީހުންގެ ބޭނުމަކީ އެމެރިކާގެ ސަރުކާރަށް އެ ގައުމުގެ ރައްޔިތުންގެ އަޑު އިއްވައިދިނުން ކަމަށާއި ސަރުކާރުން އިޒްރޭލަށް ތާއީދުކޮށް އެ ގައުމު ދިފާއު ކުރި ދުވަސްތައް ފާއިތުވެއްޖެކަން ސަރުކާރަށް އަންގައިދިނުން ކަމަށް މުޒާހަރާގައި ބައިވެރިވި އެ ގައުމުގެ ގާނޫނީ ވަކީލަކު ބުންޏެވެ.
"އިޒްރޭލް ދިފާއުކޮށް އެގައުމަށް ހަތިޔާރު ފޯރުކޮށްދޭން ތާއީދުކުރާ ކޮންމެ ސިޔާސީ ޝަހްސިއްޔަތަކާ ދެކޮޅަށް އަހަރުމެން ތެދުވާނަން،" 39 އަހަރުގެ ޝަރީފް ސަލީމީ ބުންޏެވެ.
މުޒާހަރާގެ އެހެން ބައިވެރިއަކު ބުނީ އެމީހުންގެ މަގްސަދަކީ މުސްލިމުންނަކީ ޓެރަރިސްޓުން ނޫންކަން މުޅި ދުނިޔެއަށް އަންގައިދިނުން ކަމަށާއި މުސްލިމުންނަކީ ވެސް އަސާސީ ހައްގުތަކެއް ލިބިގެންވާ އިންސާނުން ކަމުގައި ބަލައިގަތުން ކަމަށެވެ.
"ޒަމާން ބަދަލުވެއްޖެ. އަހަރުމެންގެ ވިސްނުން ބަދަލުވެއްޖެ. މިއަދު އަހަރުމެންގެ ތެރޭގައި މުސްލިމުންނާއި ނާސާރާއިން އަދި ޔަހޫދީން ވެސް ހިމެނޭ،" ސަލީމީ ބުންޏެވެ.
އެގާރަ ދުވަހަށް ދެމިގެންދިޔަ އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކާ ދެކޮޅަށް އާއްމުން ނުކުމެ އަޑު އުފުލި ގައުމުތަކުގެ ތެރޭގައި އެމެރިކާ ވެސް ހިމެނެ އެވެ. –-އަލް އަރަބިއްޔާ

އެއާޕޯޓުން ޑޮލަރު ފޭރުނު 8 މީހަކަށް ދައުވާ ކޮށްފި
ޒަހަމްވި ނަމަވެސް މޮޖްތަބާ ހާމަނާއީ މަސައްކަތުގައި އުޅުއްވާ
ރޯދަ މަހު ފޮނި ކެއުންތަކުން ދުރުވާނެ ދެތިން ގޮތެއް!