މިހާރު ސިޔާސީ މައިދާނުގައި ފިޔަ ޖަހަމުންދާ ޒުވާން ލީޑަރުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ސިޔާސީ ލީޑަރުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޒުވާނުންނަށް ކެބިނެޓުން ފުރުސަތު ދެއްވި ކަމަށާއި " މީހުން މީހުންނަށް" ހެދި ލީޑަރަކީ އެމަނިކުފާނު ކަމަށެވެ.

ސިޔާސީ މައިދާނުގައި ފިޔަޖަހަމުންދާ ގިނަ ތަރިންނަކީ ރައީސް ޔާމީން އޮފުދާރު ކުރެއްވި ތަރިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އޭނާ ސިޔާސީ މައިދާނަށް ނެރެދެއްވީ ރައީސް ޔާމީން. އެއީ ހަރުދަނާ ސިޔާސީ ލީޑަރުންތަކެއް އުފެއްދި" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރު ޑރ.ޝައިނީ ވިދާޅުވެފައިވަނީ ކެބިނެޓްގައި ހިމެނޭ މިނިސްޓަރުންނަށް އެންމެ އިހާނެތިކޮށް ކަންތައް ކުރެއްްވީ ރައީސް ޔާމީން ކަަމަށެވެ.

މީގެ އިތުރުން އާދަމް ޝަރީފް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބޭރުގެ ބާރަކުން ގައުމު ހިފަން ގޮވާލާ، އަދި ގައުމުގެ ފަތުރުވެރިކަން ބޮއިކަޓްކުރަން ގޮވާލި ބަޔަކު، ބޮޑު ލާރިއަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ވިއްކާލަންވެސް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

މިފަދަ ހާލަތެއްގައި ގައުމަށް އެންމެ ބޭނުންވަނީ ގައުމިއްޔަތުގެ ވިންދުޖަހާ ހިތްތަކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.