ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިތުރު ކައިވެންޏެއް ކުރެއްވީ، އޭނާގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރުހިގެން ކަން "ހުރިހާ" އަށް އެނގިއްޖެ އެވެ.

ގާސިމް ރޭ ކައިވެނި ބައްލަވައިގެންނެވި ރާނިއާ އާއެކު ކައިވެނީގެ ކޭކު ފަރީއްކުޅުއްވަނީ.

އެނގިފައިވާ ގޮތުގައި ގާސިމް ހަތަރު ވަނަ ކައިވެންޏެއް ކުރައްވަން ނަހުލާ ވެސް ގަބޫލެވެ. ނަހުލާގެ ރުހުމާއި ފުރިހަމަ އެއްބާރުލުން ލިބިވަޑައިގެންނެވި ކަމަށްވެއެވެ. އެކަމަކު، ކައިވެނި ހަފްލާގައި ނަހުލާ ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ގާސިމް އިތުރު ކައިވެންޏެއް ކުރެއްވީ މިނިސްޓަރު ނަހުލާ ވަރިކުރެއްވުމަށްފަހު ފަހުކަމަށް ބައެއް މީޑިއާތަކުން ވެސް ޚަބަރު ފަތުރާފައި ވެއެވެ. ނަމަވެސް މައުލޫމާތު އެނގޭ ފަރާތުން ބުނި ގޮތުގައި އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެކެވެ.

އެނގިފައިވާ ގޮތުގައި ގާސިމް 73، އަލަށް ކައިވެނި ބައްލަވައިގެންނެވީ މާމިގިލީ އެއާޕޯޓުގައި ކުރިން ވަޒީފާ އަދާކުރި، އެ ރަށު ހަޒާރުމާގެ، ރާނިއާ އަބްދުލް ހަމީދު އާ އެވެ. މިއީ އުމުރުން 21 އަހަރުގެ ރާނިއާގެ އަލަތު ކައިވެންޏެވެ.

ގާސިމް ރޭ ކައިވެނި ބައްލަވައިގެންނެވި ރާނިއާ އާއެކު ސެލްފީއެއް ނަންގަވަނީ.

ގާސިމްގެ ކައިވެނީގެ ރަސްމިއްޔާތު އޮތީ މިރޭ ސަން އައިލެންޑް ރިސޯޓުގަ އެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ދައުވަތު ދިނީ ވަރަށް މަދު ބަޔަކަށް ކަމަށްވެ އެވެ.

ގާސިމް އެ ކައިވެނިކުރެއްވީ ތިން އަނބިކަނބަލުން ތިއްބަވަނިކޮށެވެ. ގާސިމްގެ ފަސް ބަނޑުގައި 14 ބޭފުޅުން ތިއްބަވަ އެވެ.