ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު މިއަދު ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ޒަކަރިއްޔާ މަންސޫރަކީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ އެވެ.
މިއަދު 2:00 ގައި ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފައިވާތީ، އެ ބައްދަލުވުމުގައި ހިނގައިދިޔަ ކަންތައްތަކުގެ ތަފްސީލު ނުލިބެ އެވެ.
ޒަކަރިއްޔާ މަންސޫރުގެ އިތުރުން މިހާތަނަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާ އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައި ވަނީ އެކަމާ މަޖިލީހަށް ހާޒިރުވާން މިހާތަނަށް އަންގާފައިނުވާ ކަމަށެވެ. އަދި އެފަދަ އެންގުމެއް އަންގައިފިނަމަ ހާޒިރުވެވަޑައި ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ ފުރިހަމަ އެއްބާރުލުން އެ އިންކުއަރީއަށް ލިބޭނެ ކަމަށެވެ.
ކިހާބޮޑު ބަ**އެއް މުޅި ގައުމު އެންމެ މީހަކާ ހެދި ހޭބަލިވަނީ