އެއްމާބަނޑު ދެކުދިން ލިބުމަކީ އަންހެނުންގެ ތެރޭގައި އާއްމު ކަމެކެވެ. ނަމަވެސް ސައުތު އެފްރިކާއަށް ނިސްބަތްވާ މި އަންހެން މީހާގެ ވާހަކައަކީ މީގެ ކުރިން އަޑު އިވިފައިނުވާ ފަދަ ވާހަކައެކެވެ.
އުމުރުން 37 އަހަރުގެ ގޮޒައިމް ތަމްރާ ސިތޯލް މިވަނީ އެއްފަހަރާ 10 ކުދިން ވިހައިގެން ދުނިޔޭގެ އާ ރިކޯޑެއް ގާއިމުކޮށް ފައެވެ.
މީގެ ކުރިން ވެސް އެއްމާބަނޑު ދެކުދިން ލިބިފައިވާ ގޮޒައިމް ހަތް ފިރިހެންކުދިންނާއި ތިން އަންހެން ކުދިން ވިހާފައިވަނީ މި ޖޫން މަހުގެ ހަތް ވަނަ ދުވަހު އެވެ.
ގޮޒައިމްގެ ފިރިމީހާ ބުނިގޮތުގައި ވިހެއުމުގެ ކުރިން ގޮޒައިމްގެ ބަނޑުގައި 10 ކުދިން އޮތް ކަމަށް ޑޮކްޓަރުން ބުނެފައި ނުވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ދިން އިންޓަވިއުއެއްގައި ގޮޒައިމް ބުނީ 10 ކުދިން ލިބި ދުނިޔޭގެ ރެކޯޑެއް ހެދުނީތީ އުފާކުރާ ކަމަށާއި ނަމަވެސް މާބަނޑު ދުވަސްވަރަކީ އޭނާ އަށް ބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތިވި ދުވަސްތަކެއް ކަމަށެވެ.
ޖިނިއަސް ވޯލްޑް ރެކޯޑްސް އިންވަނީ ގޮޒައިމް އަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިފައިވާކަން ޔަގީންކޮށްދީ ފައެވެ. މީގެ ކުރިން މި ރެކޯޑް މުގުރާލާފައިވަނީ ނުވަ ކުދިން ވިހައިގެން މޮރޮކޯގެ ހަލީމާ ކިއްސާ އެވެ.
މީ ހާދަ ސްލޯ މީހެކޭ ދޯ. މިޒަމާނުގަ ކަންޒުކަހަނބުގެ ސްޕީޑުގަ އުޅުނީމަ ކަމަކު ނުދޭ.