ޖައްވަށް ދާ ފުރަތަމަ ފްލައިޓްގައި އެމޭޒަންގެ ވެރިޔާ ޖެފް ބެޒޯސް އަދި އޭނާގެ ކޮއްކޮ އާއެކު ބައިވެރިވުމަށް ނީލަމަށް ހުޅުވާލި ފުރުސަތުގައި 28 މިލިއަން ޑޮލަރު ހޭދަކޮށް އެ ނީލަން ކާމިޔާބުކޮށްފި އެވެ.
ކާކުކަން ދެނެގަނެވިފައި ނުވާ އެ މީހާ އެ ނީލަން ކާމިޔާބުކުރުމާއެކު އަންނަ ޖުލައި މަހު 20 ވަނަ ދުވަހު ޖައްވަށްކުރާ ފުރަތަމަ ދަތުރުގައި އޭނާއަށް ބައިވެރި ވެވޭނެ އެވެ.
މިދިޔަ ހޮނިހރު ދުވަހު ނީލަމަށް ހުޅުވާލި އެ ފުރުސަތުގައި ގިނަ ބަޔަކު ނީލަން ކިޔާފައިވެ އެވެ. 4.8 މިލިއަން ޑޮލަރުން ފެށި މި ނީލަން ވަނީ މަދު ވަގުތު ކޮޅެއްގެ ތެރޭގައި 20 މިލިއަނަށްވުރެ މައްޗަށް އަރާފަ އެވެ.
ޖެފް ބެރޯސްގެ ބްލޫ އޮރިޖިންސް ކުންފުނިން އުފައްދާފައިވާ ނިއު ޝެޕާޑް ނަމަކަށް ކިޔާ އުޅަނދުގައި ކުރާ މި ދަތުރަކީ އާއްމު އިންސާނުން ގޮވައިގެން ޖައްވަށް ކުރާ ފުރަތަމަ ދަތުރެވެ. އެ އުޅަނދަކީ ހަ މީހުންގެ ޖާގައިގެ އުޅަނދެއް ނަމަވެސް މި ދަތުރުގައި ބައިވެރިވާނީ ހަތަރު މީހުން ކަމަށް ބްލޫ އޮރިޖިންސް އިން ބުނެފައިވެ އެވެ.
ޖެފް ބެރޯސް އާއި އޭނާގެ ކޮއްކޮ އަދި މި ނީލަން ކާމިޔާބުކުރި މީހާގެ އިތުރުން ދެވަނައަށް އެންމެ މަތިން ނީލަން ކިޔާފައިވާ މީހާއަށް މި ދަތުރުގައި ބައިވެރި ވެވޭނެ އެވެ.
ނިއު ޝެޕާޑްގެ ފުރަތަމަ ދަތުރުގައި ބައިވެރިވާނެ އެންމެ ފަހު ބައިވެރިޔާ އަންނަ ހަފްތާ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް ބްލޫ އޮރިޖިންސް އިން ބުންޏެވެ.
ދުނިޔޭގަ ފަގީރުން ބަނޑަށް މަރުވަނީ. ބޭކާރު ކަމަކަށް 28 މިލިއަން ޑޮލަރު. މީ މަގޭ ޚިޔާލު. އެމީހަކަށް މޮޅުހެން ހީވާކަމެއް އެމީހަކު ކުރާނެ. އެ ވަރިހަމަ ކޮންމެ ޒާތެއްގެ ކަމަކަށް ވިއަސް.