ކޮވިޑް-19އަށް ފޮޒިޓިވްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމްގެ ހާލު ރަނގަޅުކަމަށް ރައީސް މައުމޫނު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން ނަސްރީނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ހެޔޮ ދުއާ ކޮށްދެއްވި ހުރިހާ ފަރާތްތަކަށް މައުމޫނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މިމަހުގެ 11 ވަނަ ދުވަހު ނަސްރީނާ ކޮވިޑަށް ޕޮޒިޓިވިކަން އެނގުނީ ކޮވިޑްގެ އަލާމާތްތަކެއް ހުރުމުން ޓެސްޓް ކުރުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސްރީނާ ވަނީ ވެކްސީންގެ ދެ ޑޯސް ވެސް ފުރިހަމަކޮށްފަ އެވެ.
ނަސްރީނާ ކޮވިޑަށް ޕޮޒިޓިވް ވިއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މައުމޫން ވެސް ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ވެސް ވަނީ ހޯއްދަވާފަ އެވެ.
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
ބްލޭކްއާއި ޓޭލާގެ ރަހުމަތްތެރިކަމަށް ނަޒަރެއް، މިހާރުގެ ހާލަތު!