ދުނިޔޭގެ އެންމެ ބޮޑު އާއިލާ ކަމަށް ގަބޫލުކުރެވޭ އާއިލާގެ އެންމެ އިސް މެމްބަރު ކަމަށްވާ ޒިއޯނާ ޗަނާ އުމުރުން 76 އަހަރުގައި މަރުވެއްޖެ އެވެ.

އުތުރު އިރުމަތީ އިންޑިއާގެ ސްޓޭޓްއެއް ކަމަށްވާ މިޒޯރާމްއަށް ނިސްބަތްވާ ޒިއޯނާ މަރުވިއިރު އޭނާގެ 30 އަނބިންނާއި 94 ދަރިން ތިބެ އެވެ. ކާފަ ދަރިންނާއި މުނިކާފަ ދަރިން ހިމެނޭހެން އެއާއިލާގައި 167 މެމްބަރުން ތިބެ އެވެ.

ޒިއޯނާއަކީ ނާސާރާ ދީނުގައި އެއް އަނތްބަށް ވުރެ ގިނަ އަނބިން ގެންގުޅުން ހުއްދަކޮށްފައިވާ ކުޑަ މަޒްހަބަކަށް ތަބާވާ މީހެކެވެ.

ޒިއޯނާ އެންމެ ފުރަތަމަ ކައިވެންޏެއް ކޮށްފައިވަނީ އުމުރުން 15 އަހަރުގައި 1959 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން އެތައް ގިނަ ކައިވެންޏެއް ކޮށްފައިވާއިރު، އޭނާ އެންމެ ފަހުން ކައިވެނި ކޮށްފައި ވަނީ 2004 ވަނަ އަހަރު 25 އަހަރުގެ އަންހެނަކާ އެވެ.

ޒިއޯނާ އާއި އޭނާގެ އާއިލާ ދިރިއުޅެމުން އައީ މިޒޯރާމްގައި ހަތަރު ފަންގިފިލާއަށް ހަދާފައި ހުރި 100 ކޮޓަރީގެ އިމާރާތެއްގަ އެވެ.

ޒިއޯނާ ޗަނާ އޭނާގެ އާއިލާއާއެކު އުޅެމުން އައި ގެ

ރޮއިޓާސްއަށް 2011 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ޒިއޯނާ ބުނީ އޭނާގެ އާއިލާ ބޮޑުކުރަން އަދިވެސް ވިސްނާ ކަމަށާއި އިތުރު ކައިވެންޏެއް ކުރަން ވިޔަސް ފަސްނުޖެހޭނެ ކަމަށެވެ.

އިންޑިއާގައި އެއް އަނތްބަށްވުރެ ގިނަ އަނބިން ގެންގުޅުމަކީ އާއްމު އުސޫލެއްގެ ގޮތުން މަނާ ކަމެއް ނަމަވެސް، މިޒޯރާމްގައި އެ ހުއްދަ އެވެ.

ޒިއޯނާ މަރުވީ ހަކުރުބަލީގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.