ކޮވިޑްގެ މިހާލަތުގައި ގިނަ ބަޔަކު ވޮލަންޓަރީކޮށް ޚިދުމަތް ކުރަމުން އަންނައިރު މުޅި ގައުމު ވަނީ ވޮލަންޓިއަރުންނަށް ދަރާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ ވޮލަންޓިއަރުންނަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ ކޮވިޑްގެ އެންމެ އުނދަގޫ މި ދަނޑިވަޅުގައި އެ ބަލީގެ މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގައި ވޮލަންޓިއަރުން ވަރަށް ބުރަކޮށް އުޅެފައިވާ ކަމަށާއި އެ މީހުންނަށް މުޅި ގައުމު ދަރާފައިވާ ކަމަށެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި މާލޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ގިނަވެ، އެ ފެސިލިޓީއަށް ވަނީ ގިނަ އަދަދަކަށް ވޮލަންޓިއަރުން ނަގައިފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 71،138 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 7،747 ގައި މިހާރު ހުރިއިރު 4،418 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
 ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
			ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
		 އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
			އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
		 މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
			މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
		
 
					 
					 
					 
					 
					 
					 
					 
					 
					 
					
މުޅި ޤައުމުވަނީ ވެންޓިލޭޓަރުތަކަށް ދަރާފަ. ކާކު އެކަން ބަލަނީ؟
ޢަނބި ގޮއްޔެ އެތަނަށް ދިޔައިމަތޯ ދެރީ
ޤައުމުގެ ޚަޒާނާ ކޮޅުގޮހޮރަށް ބަނޑުއަޅާލީމާ ވޮލަންޓިއަރުންނަކަށް ނޫން ކަލޯ ތިޔަވަނީ. މުޅި ދިވެހި އުއްމަތަށް ދަރާފައި