ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކަރު" ޕްރޮގްރާމްގެ ތިންވަނަ ޕްރޮގްރާމް ބޭއްވުމަށް ނިންމައިފި އެވެ.
މިފަހަރުގެ ޕްރޮގްރާމްގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ ޖަރުމަނުގައި ހުންނަވައިގެންނެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މި ޕްރޮގުރާމް އަކީ ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށްޓަކައި ރައީސް ނަޝީދު ބާއްވަވާ ޕްރޮގުރާމެއް ކަމަށެވެ. "އާސްކް ސްޕީކާ"ގެ ތިން ވަނަ ޕްރޮގުރާމް ޖުލައި ފަސް ވަނަ ދުވަހުގެ ރޭ 9:00 ގައި ކްލަބްހައުސް އިން ގެނެސްދޭއިރު އެ ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް ނަޝީދު ޖަވާބު ދެއްވާނެ އެވެ.
އަދި މިފަހަރުގެ ޕްރޮގްރާމްގައި ލައިވްކޮށް ސުވާލު ކުރުމުގެ ފުރުސަތުވެސް ލިބިވަޑައިގަންނަވާނެ ކަމަށް މަޖިލިސް އިދާރާއިން ބުނެފައިވެ އެވެ.
މީގެ އިތުރުން މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ރައީސް ނަޝީދު އާ ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރެއްވުމަށްފަހު ފޮނުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލު ކުރެއްވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.
އަދި ޕްރޮގްރާމުގައި ލައިވްކޮށް ސުވާލުކުރުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރެއްވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. ސުވާލުކުރާ ފަރާތުގެ ނަމާއި ކުރައްވަން ބޭނުންވާ ސުވާލު، އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހޮޓްލައިން ނަންބަރު 7234566 އަށް ސުވާލު ފޮނުވަން ވަނީ އެދިފަ އެވެ.
މީގެ އިތުރުން ކްލަބްހައުސް މެދުވެރިކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން ނަމާއި ކްލަބްހައުސް އެކައުންޓުގެ ނަހޮޓްލައިނަށް ފޮނުވަން ވަނީ އެދިފައެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް #AskSpeaker ޖެހުމަށްފަހު ސުވާލު ކުރަމުން ގެންދަން މަޖިލީހުގެ އިދާރާއިން ވަނީ އެދިފައި އެވެ.
 މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
			މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
		 މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
			މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
		 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
			އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					