ރާއްޖެ ވެއްޓިފައިވާ އިގްތިސޯދީ ކާރިސާގެ ވަޅުގަނޑުން ސަލާމަތްކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން އަނބުރާ ވެރިކަމަށް ގެނައުމަކީ ގައުމީ ވާޖިބެއްކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ "ޗެނަލް 13"އިން ގެނެސްދިން "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ކޮންމެ ދާއިރާއަކަށް ބެލިކަމުގައިވިޔަސް ރާއްޖެ މިއޮތީ އަނދަވަޅުގަނޑަކަށް ވެއްޓިފައިކަމަށެވެ. އެގޮތަށް ޑރ. މުއިއްޒު ވިދާޅުވީ، މިހާރު ރާއްޖޭގައި ނޫސްވެރިންނަށް މިނިވަންކަމާއި އެކު ބަސްމބުނުމުގެ ބާރު ލިބިފައި ނެތްކަމަށައި އެކަމަށް ބަސްބުނަން ވެސް ޖެހެނީ ބޭރު ގައުމުތަކުގެ މީހުންކަން ފާހަގަ ކުރައްވަ އެވެ.އޭނާ ވިދާޅުވީ، މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން އިސްލާމްދީނަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށާއި، ރާއްޖޭގެ ސިޔާދަތާއި އަމިއްލަ ވަންތަކަން މުޅިން ގެއްލިއްގެ ކަމަށެވެ.އަދި ރާއްޖޭގެ އިޤްތިޞާދު އަނދަވަޅުގަނޑަކަށް ވެއްޓިފައިވާކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންއަށް މިނިވަންކަމާއެކު ބަސް ބުނެވޭފަދަ ހާލަތެއްގައި ހުރިނަމަ މި ސަރުކާރަށް ބޭނުންވާ ގޮތަށް ކަންކަން ބޭނުން ވާގޮތަށް ނުކުރެވުނިސް ކަމަށާއި އަދި ރާއްޖެ މިހާރު މިއޮތް ހާލަތަށް ނުވެއްޓުނީސް ކަމަށެވެ. އެއަށްފަހު ވިދާޅުވީ މި ހާލަތުގައި ވެސް ޔާމީނު މިނިވަންވެއްޖެ ނަމަ ގައުމު މި އޮތް ހާލަތުން ސަލާމަތް ކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ޔާމީން މިނިވަންކަމާއިއެކުގައި ހުރި ނަމަ ރާއްޖެއަކީ ކިތައްމެ ކުޑަ ގައުމަކަށްވީ ނަމަވެސް އަމިއްލަވަންތާކަމާއެކު ފަހުރުވެރިކަމާއިއެކު ގައުމާއިމެދު ބަސް ވިދާޅުވާނެ ކަމަށެވެ.